ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރާއި ހުޅުމާލެ ޓާމިނަލް ސަރަހައްދު ހުޅުވާލުމުން ދަތުރުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ: އެމްޓީސީސީ

އެމްޓީސީސީ ފެރީއެއް—
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރާއި ހުޅުމާލެ ފެރީޓާމިނަލްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުން ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއްވެގެންދާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމާއި އެއްގޮތަށް ފެރީގެ ހިދުމަތްދޭ ފަރާތްތަކަށް ހުޅުމާލެ އަދި ހެންވޭރު ޓާމިނަލް ސަރަހައްދުގެ ފަޅު ހުޅުވާލުމާއިއެކު މާލެއާއި އެހެނިހެން ސަރަހައްދުތައް ދެމެދު ދަތުރުކުރައްވާ ފަރާތްތަކަށް ރައްކައުތެރި އަދި ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ކުރިއަށްވުރެ ފަސިންޖަރުންނާއި ރައްޓެހ މާހައުލެއް ގާއިމުކުރެވިގެންގޮސްފައިވާއިރު ޒަމާންވީ ދަތިތަކަކަށް ހައްލުތަކެއް ލިބިގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ ތެރޭގައި އުޅަނދުތައް ގާތްކޮށް ހިދުމަތް ދިނުމަށްޓަކައި ކަނޑައެޅިފައިވާ ޖާގައެއް ހާއްސަކުރެވިގެންދިއުމާއި ވަސީލަތްތައް ހަރުދަނާވެގެންދިއުން އަދި އަރާފޭބުމުގެ ލުއިފަސޭހަކަން ލިބިގެންދިއުން ހިމެނޭކަމަށް ހިއްސާކޮށްފައިވެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މިހާރުވެސް ބައެއް އުޅަނދުތަކުންވަނީ މި މަސައްކަތްތަކުގައި ބައިވެރިވެފައެވެ. އަދި މި މަސައްކަތްތައް މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 2000 ވަރަކަށް ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް ބެލެވޭކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: