ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ފެންނަނީ ރަސްކަމެއް ހިންގަން މަގުފަހި ކުރާ މަންޒަރު: އެމްޑީޕީ

އިދިކޮޅު އެމްޑީޕީ ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން މުވައްސަސާތައް ސިޔާސީ ނުފޫޒެއްގައި ބަނދެވިފައިވާކަމަށް ތުހުމަތުކޮށް ރާއްޖޭގައި ރަސްކަމެއް ހިންގުމަށް މަގުފަހިކުރުން ހުއްޓައިލުމަށް މިނިވަން މުވައްސަސާތަކަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގެންފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރައީސުލްޖުމްހޫރިއްޔާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ނެރުނު ސިޔާސީ ބަޔާންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެމްޑީޕީން ބުނީ އެއީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް،
އެ ކުއްޖެއްގެ ކަރާމަތަށް އުނިކަން އަންނަގޮތަށް ދެކެވިފައިވާ ވާހަކަތަކެއް ނޫންކަމަށެވެ.

އެމްޑީޕީން ބޭއްވި އެ މުޒާހަރާގައި އެ ޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ކަމަށް އަމިއްލައަށް ނިންމައި އެޗްއާރުސީއެމް އާއި އީސީއިން ސިޔާސީ ބަޔާންތަކެއް ނެރުމަކީ ވަރަށް ޒިންމާރުކަން ކުޑަ އަމަލެއް ކަމަށް ޕާޓީގެ ބަޔާނުގައި ވެއެވެ. އަދި އެއީ ސިޔާސީ ބޭނުމަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއްގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުޑަކުއްޖަކު ފަޟީހަތް ކުރުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނެފައިވަނީ އެ ބަޔާންތަކަށް ފަހު ސަރުކާރު އަޑީގައި އޮވެ ރައްޔިތުންގެ ހައްގުގައި ތެދުވާ ހިތްވަރުގަދަ ދިވެހި ރައްޔަތުންނަށް ކުރަމުންދާ ފުރައްސާރަ ވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ޕާޓީން ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން ދޭކަމަށް ބުންޏެވެ.
އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ވެސް ނުހިނގާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށް އެމްޑީޕީ ބުންޏެވެ.

ގާނޫނޫއަސާސީން ކަށަވަރު ކޮށްދީފައިވާ އެތައް ހައްގަކަށް ރައީސް އަރައިގަންނަމުންދާއިރު އެ ޢައިރު ގާނޫނީ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް އެޅުމަށް އެޗްއާރުސީއެމް ވަނީ ނުކުޅެދިފައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެހެންނަމަވެސް، ހައްގުތައް ހޯދުމަށް ވަކާލާތު ކުރަމުންދާ ހިތްވަރުގަދަ ރައްޔިތުންނާ ދެކޮޅަށް ބަޔާން ނެރުމަށް އަވަސްވެގަނެ، ވަކި އާއިލާއެއްގެ މަސްލަހަތު ހިމާޔަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރި އެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އަޅައި ސިޔާސީ ޕާޓީތައް ފޮހެލުމަށް ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އީސީއިން ވެސް އެ މަސައްކަތަށް އެއްބާރުލުން ދީ ރާއްޖެއަކީ އެންމެ ސިޔާސީ ފިކުރަކަށް ޖާގަ އޮތް ތަނަކަށް ހެދުމަށް ދަނީ ވާގިވެރިވަމުން ދާކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ މުސްތަގިއްލު ކޮމިޝަންތަކުގައި ތިއްބެވި މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބަދަލުގައި އަމިއްލަ މަގާމު ދިފާއު ކުރުމުގެ ވިސްނުމުގައި 24 ގަޑިއިރު ތިއްބަވާ ބޭކާރު ބަޔަކަށްބެފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައިފައިވާ ކަމަށްވެސް ވަނީ ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: