ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ވާދަވެރިކަމުގައި ކުދިންގެ ޙައްގުތަކަށް އަރައިގަންނަ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: އަބްދުއްރަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް އިދިކޮޅު އެމްޑީޕީ މިހާރު ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާއެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެެއްކި މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައާއި ގުޅިގެން އަބްދުއްރަހީމް ވަނީ ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ވަނީ ގޮވާލައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރުމުން ޕާޓީތަކުގެ ބެލެނިވެރި ފަރާތުން އެކަން ކުށްވެރިކޮށް ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ ޝިޔާމްވެސް ވަނީ ސޯޝަލް މީޑިއާގައި ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ ސިޔާސީ މަސައްކަތްތައް ނިވަލަކަށް ހަދައިގެން ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ މައުސޫމު ދަރިންނަށް އަމާޒުކުރުމަކީ އެފަދަ މަސައްކަތްތަކުގެ އަހުލާގާއި ހިލާފުވާ އަމަލުތަކެއް ކަމަށެވެ. އަދި އެއީ އެބައެއްގެ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށާއި އެހެންކަމުން މިފަދަ އަމަލުތައް ހިންގާ މީހުން ޖަވާބުދާރީކުރެވެންޖެހޭނެ ކަމަށެވެ. އާއިލާތަކާއި ހާއްސަ ގޮތެއްގައި ކުޑަކުދިނަކީ ސިޔާސީ ބަހުސްތަކުން އެއްކިބާކުރެވިފައިވާންޖެހޭ ބައެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މި މައްސަލައިގައި ވިދާޅުވީ ޤާނޫނުއަސާސީގަ އެގޮތަށް ޚިޔާލު ފާޅުކުރުން ބަޔާން ކޮށްފަ ވަނީ ވަރަށް ބޮޑު ކުށެއްގެ ގޮތުގައި ކަމަށެވެ. އުމުރުން 18 އަހަރު ނުފުރޭ މަޢުސޫމު ކުއްޖަކަށް ނަފުސާނީ ގޮތުންނާ ޖިސްމާނީ ގޮތުން ދެނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެމްޑީޕީގެ މުޒާހަރާގައި ދެއްކި ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ ދަރިކަލުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަޚްލާޤުގެ މަތީ ބޮޑު ވަމުން އަންނަ ކުއްޖެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: