ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ކައުނު ﷲ ތަސްޙީރު ކުރައްވާފައިވަނީ، ކިޔަމަންތެރި ކުރައްވާފައިވަނީ އިންސާނާއަށްޓަކައި: ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ކައުނު ﷲ ތަސްޙީރު ކުރައްވާފައިވަނީ، ކިޔަމަންތެރި ކުރައްވާފައިވަނީ އިންސާނާއަށްޓަކައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ އިހްޔާ ފޯރަމްގައި މިނިސްޓަރ ޝަހީމް ވާހަކަފުޅު ދައްކަވާފައިވަނީ ކީރިތި ޤުރުއާނާއި ކައުނީ ސުންނަތާއި ގުޅޭގޮތުންނެވެ. ޝަހީމް ވިދާޅުވީ މާތްﷲ ކީރިތި ޤުރުއާނުގައި ވަރަށް ގިނަ ހަގީގަތްތައް ބަޔާންކުރައްވާފައިވާ ކަމަށާއި މި ކައުނުގައި ﷲ ލައްވާފައިވާ ކަންކަން ލައްވާފައިވުމުގެ ހިކުމަތްތަކުގެ މައްޗަށް ކީރިތި ޤުރުއާނުގައި ވަރަށް ގިނަ ބަސްފުޅުތައް ވަހީ ކުރައްވާފައިވާ ކަމަށެވެ.

މި ކައުނު ﷲ ތަސްޙީރު ކުރައްވާފައިވަނީ، ކިޔަމަންތެރި ކުރައްވާފައިވަނީ އިންސާނާއަށްޓަކައި ކަމަށް ޝަހީމް ވިދާޅުވިއެވެ. މި ބިންމަތީގައި ﷲ ސުބްހާނަހޫ ވަތައަލާ އިންސާނާ ހަލީފާވެރި ކުރެއްވި ކަމަށް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ހަލީފާގެ މާނަޔަކީ ﷲ ސުބްހާނަހޫ ވަތައަލާގެ ފަރާތުން މި ބިންމަތީގައިވާ ނައިބުން ކަމަށާއި އަދި ﷲގެ އަމުރު މި ބިންމަތީގައި ތަންފީޒުކޮށް، ތައުމީރުކޮށް (ތަރައްގީކޮށް) އުމްރާނީ ގޮތުން ކުރިއަރުވައި އަދި މި ބިންމަތީގައި ﷲ ގެ އެއްކައުވަންތަކަން ގާއިމު ކުރުމުގެ މަތިވެރި މަގްސަދުގައި ކަމަށެވެ.

”ﷲ ސުބްހާނަހޫ ވަތައަލާ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވަނީ މި ބިންމަތީގައި ﷲ ސުބްހާނަހޫ ވަތައަލާ ހައްދަވާފައިވާ ހުރިހާ ތަކެއްޗއއްވެސް ލައްވާފައިވަނީ އިންސާނާއަށްޓަކައޭ. މި ކާއިނާތުގައި ﷲ ސުބްހާނަހޫ ވަތައަލާ ލައްވާފައިވާ ހުރިހާ ކަންތައްތަކެއް ލައްވާފައި މިވަނީ ކޮން ކަމަކަށްޓަކައި؟ އިންސާނާއަށްޓަކައިި. އެކަންކަން އިންސާނާއަށް ހިދުމަތް ކުރައްވާފައި ވަނީ. މި އަޅުގަނޑުމެންނަށް ފެންނަ ރީތި ގަސްގަހާގެއްސާއި، އަޅުގަނޑުމެންނަށް މި ފެންނަ ނޫ ކުލައިގެ ކަނޑާއި، މި ފެންނަ ރީތި ބަގީޗާ ތަކާއި އަޅުގަނޑުމެންނަށް މި ފެންނަ ތަރިރު ހަނދު، އިރާއި ހަނދާއި ރީތި މަންޒަރަކީ މިއީ ﷲ އިންސާނާއަށްޓަކައި ލައްވާފައިވާ ކަންތައްތަކެއް“

ޝަހީމް ވިދާޅުވީ ﷲ ސުބްހާނަހޫ ވަތައަލާ ވަހީ ކުރައްވާފައިވަނީ އިރަކީ އަލިކަމެއް ކަމުގައި ލެއްވީ ތިޔަބައި މީހުންނަށް ކަމަށެވެ. އަދި ހަނދަކީ ނޫރެއް ކަމުގައި ލެއްވި ކަމަށެވެ. ހަނދު ލެއްވީ، އަހަރުތަކާއި ދުވަސްތައް ގުނާ އަދުކުރުމަށް ތިޔަބައިމީހުން ދެނެގަތުމަށް ކަމަށް ﷲ ވަހީ ކުރައްވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރަށް ޝަހީމް ވިދާޅުވީ ކަނޑާއި ގުޅޭގޮތުން ﷲ ވަހީ ކުރައްވާފައިވަނީ ތިޔަބައި މީހުންނަށްޓަކައި ކަނޑު ކިޔަމަންކުރެއްވި ކަމަށެވެ. އަދި ކަނޑު ލައްވާފައިވަނީ ތާޒާ މަސް އެ ކަނޑުން ނަގައި ކެއުމަށްޓަކައި ކަމަށް ﷲ ވަހީކުރައްވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: