ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތް ރަބަރ ސްޓޭމްޕް ގޮތުގައި ސިފަ ކުރަނީ ރައްޔިތުންނަށް ހެޔޮނޭދޭތީ: އައިފާން

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ހައްޤުގައި ކުރާ މަސައްކަތްތަކަކީ ރަބަރ ސްޓޭމްޕް ގޮތުގައި ސިފަ ކުރަނީ ރައްޔިތުންނާ ދޭތެރޭ ނުވިސްނާ ފަރާތްތަކުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އައިފާން ވިދާޅުވީ، މަޖިލީހަށް މެމްބަރުން ހޮވިފައިވަނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.

އަސްލު ރަބަރ ސްޓޭމްޕް ޖަހާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، މަޖިލިސް މެމްބަރުންވެސް މި ތިބެނީ ހަމަ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް އައިސް.

އައިފާން ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް އިޤްތިސާދު ނުވެއްޓޭ ފަދަ ބޮޑު އަނދަވަޅަކަށް އެމްޑީޕީގެ ސަރުކާރުގައި އިޤްތިސާދު ވައްޓާލާފައިވާ ކަމަށެވެ. އެކަން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޤަބޫލު ކުރާނެކަމަށް އައިފާން ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭނީ ދައުލަތުގެ ދެން ތިބި އިދާރާތަކުގެވެސް އެއްބާރުލުމާއި އެހީތެރިކަމާއެކު ކަމަށެވެ. އެހެންކަމުން ސަރުކާރުން ރައްޔިތުންގެ މަންފާއަށްޓަކައި ފޮނުވާ ބިލުތައް ފާސްވާން ޖެހޭނެކަމަށްވެސް އައިފާން ވިދާޅުވިއެވެ.

އެހެން އެކަން ނުވާނަމަ އެކަމުގެ ހުރިހާ ގެއްލުމެއް ލިބިގެންދަނީ އާންމު ރައްޔިތުންނަށްކަމަށްވެސް އައިފާން ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ، ރައްޔިތުންގެ ހައްޤުގައި ކުރާ މަސައްކަތްތަކަކީ ރަބަރ ސްޓޭމްޕް ގޮތުގައި ސިފަ ކުރަނީ ރައްޔިތުންނާ ދޭތެރޭ ނުވިސްނާ ފަރާތްތަކުން ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައިކަމަށްވެސް އައިފާން ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ޕީއެންސީގެ ސުޕަރ މެޖޯރިޓީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ވިސްނުމުގައި ކަމަށާއި، މަޖިލިސް މެމްބަރުންނަށް އެއްވެސް ނުފޫޒެއް ނެތްކަމަށްވެސް އައިފާން ވިދާޅުވިއެވެ.

އައިފާން ވަނީ މި ހިނގަމުންދާ މަޖިލީހަކީ މިނިވަން މަޖިލީހެއްކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: