ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގުތައް ކަށަވަރުކުރަން ބޭނުންވާނަމަ މަސްވެރިންވެސް މުޒާހަރާއަށް ނިކުތުމަށް ގޮވާލައިފި

އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށްވީ ވައުދުތަކާއި ސަރުކާރުން ވަނީ ހިލާފުވެފައިވާކަމަށާއި، ހައްގުތައް ކަށަވަރުކުރަން ބޭނުންވާނަމަ މަސްވެރިންވެސް މުޒާހަރާއަށް ނިކުތުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ، ނާޒިލް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އެތައް ގޮތަކުން ރައްޔިތުންނަށް އޮޅުވާލާފައިކަމަށެވެ. ރައީސް މުއިއްޒަކީ ދޮގު ހަދާ މީހެއްކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް މިފަދައިން ވިދާޅުވީ އެމްޑީޕީ ކުއްލި އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނާޒިލް ފާހަގަކުރެއްވީ މަސްވެރިންނަށްވީ ވައުދުތަކެވެ. މަސްވެރިންނަށް ހަމަ އަގަށް ފައިސާ ނުދެވޭކސމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، ޑޮލަރުން ވެސް ފައިސާ ނުދެވޭ ކަމަށެވެ.

މި ސަރުކާރުން 3 މަސް ދުވަހު މަސްވެރިންނަށް ފައިސާ ނުދީ ހިފަހައްޓާލީ ކުރީ ސަރުކާރާއި މަތިކޮށްކަމަށާއި ނަމަވެސް އެއީ ދެއްކި އުޒުރެއްގެ ގޮތުގައި ނާޒިލް ސިފަކުރިއެވެ. ނާޒިލް ވިދާޅުވީ މަސްވެރިންނަށް ދަތިކޮށްފައިވާކަމަށެވެ. މަސްވެރިންގެ ހައްގުތަށް ކަށަވަރުވެގެންދިޔައީ، އެމްޑީޕީ މެންބަރުން މަސްވެރިންނާއެކު ނުކުމެ ކުރި މުޒާހަރާތަކުގެ ސަބަބުން ކަމަށް ނާޒިލް ވިދާޅުވިއެވެ. މިހާރު މަސްވެރިންނަށް ފައިސާ ދެމުން އަންނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދަރަންޏަށް ފައިސާ ނަގައިގެންކަމަށް އޭނާ ތުހުމަތުކުރިއެެވެ.

މުއިއްޒު ވިދާޅުވި ގޮތަށް އަމަލުނުކުރާތީ މަސްވެރިން މި މުޒާހަރާއަށް ބައިވެރިވާންޖެހޭ. އަޅުގަނޑުމެން މިކުރި މަސައްކަތުން މިހާރު ވެސް އެލިބޭ އެއްޗެއް ލިބެނީ.

ނާޒިލް ވިދާޅުވިއެވެ.

މި ސަރުކާރަކީ މަސްވެރިންނަށް ހެވެއް އެދެނޭ ސަރުކާރެއް ނޫންކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

މީގެ ކުރިން މަސްވެރިންގެ މައްސަލަތަކާއި ގުޅިގެން ދެއްކެވި ވާހަކައެއްގައި ނާޒިލް ވިދާޅުވީ، މައުލޫމާތު ދެމުންދާގޮތުން މަސްވެރިން ގޭގައި ތިއްބާ އެތައް މިލިއަން ރުފިޔާއެއް ދޫކުރަމުންދާކަމަށް އާންމު ރައްޔިތުންނަށް ހީވެގެންދާނެކަމަށެވެ. މަސްވެރިންނަށް ފައިސާ ދޫކުރުމާއި ގުޅޭ ވާހަކަތައް ސަރުކާރުން ހާމަކުރަނީ އާންމުނަށް އޮޅޭހެންކަމަށް ނާޒިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބާނާ މަސް ގަތުމަށްފަހު އެ ފައިސާ ދޫކުރާ ވާހަކަ މާ ބޮޑު ކަމެއްގެ ގޮތުގައި ހަދައިގެން ދައްކަމުންދާކަމަށާއި ،ކޮންމެ ދުވަހަކުވެސް ފިޝަރީޒް މިނިސްޓްރީއިން ސޯޝަލްމީޑިއާގައި އެ މައުލޫމާތު އާންމުކުރަމުންދާކަމަށެވެ.

ނާޒިލް މިހެން ވިދާޅުވީއިރު، މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ކުރިން މިހާރު ފައިސާ ޖަމާކޮށްދެމުންދާކަން ސަރުކާރުން ކަށަވަރުކޮށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: