ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.
ބޯޑަށް އަލަން އައްޔަންކުރީ އަހުމަދު ސަރުވަޝް އާދަމް އަދި އަބްދުލް މަޖީދު އަލީއެވެ. މި ދެ ބޭފުޅުން އައްޔަނުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
ސަރުވަޝް ވަނީ މީގެ ކުރީގައި ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްކަމުގެ އިތުރުން މީރާގެ ޗެއާޕާސަން ކަމާއި އެމްއެމްއޭގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައެވެ. މި ސަރުކާރުގެ ފުރަތަމަ ބަޖެޓު އެކުލަވާލުމުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވީ ސަރުވަޝްއެވެ.
މަޖީދަކީ މީގެކުރިންވެސް އެ ބޯޑުގައި އިންނެވި ބޭފުޅެކެވެ. މަޖީދު ވަނީ ބީއެމްއެލްގައިވެސް މަސައްކަތް ކުރައްވާﷲފައެވެ.
ޝަރުވަސް ތައުލީމު ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވަސީޓި އަދި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީންނެވެ. މަޖީދު ތައުލީމު ހާސްލުކުރެއްވީ ވޭލްސްގެ ކާޑިފް ޔުނިވަސިޓީންނެވެ.

