ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިފުޅަކީ ދުވަހަކު ވެސް ވޭޕް ބޭނުން ކުރި ކުއްޖެއް ނޫން: ސާޖިދާ

ރައީސް ޑރ މުހައްމަދު މުއިއްޒާއި އަންބިކަނބަލުން ސާޖިދާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ވޭޕް ބޭން ކުރުމަށް ނިންމާފައި ވަނީ، އުމުރުން 16 އަހަރުގެ ފިރިހެން ދަރިފުޅު ވޭޕް ބޭނުންކުރާތީކަމަށް ބުނެ އެމްޑީޕީގެ އެކި އިހުތިޖާޖުތަކުގައި ދައްކާ ވަހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ދޮގު ކުރައްވައިފި އެވެ.

އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުގައި، ފަހަކަށް އައިސް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއާއި ގުޅުވައި އެކި ފާޑުކިއުންތައް އަމާޒުކޮށް ދަނީ އަބުރަށް އަރައިގަންނަމުންނެވެ.

ސަރުކާރުން ވޭޕް ބޭނުން ކުރުން މަނާކުރީ، ދަރިކަލުން ވޭޕް ބޭނުން ކުރާތީކަމަށް ބުނެ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދެއްކީ ޕާޓީގެ ސެކްރެޓޭރިއެޓްގައި މަސައްކަތް ކުރާ މަރިޔަމް ޒުބައިރު (މަންދީ) އެވެ. މަންދީއަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ އެވެ.

އެ މައްސަލައިގައި ފާޑުކިއުން އަމާޒުވުމުން، ޕާޓީގެ ބައެއް އިސްބޭފުޅުން މަންދީގެ ވާހަކަތައް ދިފާއުކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ސާޖިދާގެ ފަރާތުން ބަޔާނެއް އާންމު ކުރައްވާފަ އެވެ.

ބަޔާނުގައި ވަނީ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒަކީ، ދުންފަތުގެ އިސްތިއުމާލު ވެސް ކުރާ ނުވަތަ ދުވަހަކު ވެސް ވޭޕް ބޭނުން ކުރާ ކުއްޖެއް ނޫންކަމަށެވެ.

ބަޔާނުގައި ސާޖިދާ ވިދާޅުވީ މި ތުހުމަތުތައް ދަރީންނާއި ގުޅުވަނީ، ސިޔާސީ ގޮތުން ފިރިކަލުން ރައީސް މުއިއްޒާއި ހިޔާލުތަފާތުވުން ކަމަށެވެ. މިއީ އުމެއިރުގެ ތައުލީމީ ހަޔާތަަށާއި އިޖްތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތައް ކުރާނެ ވާހަތައްކަން ސާޖިދާ ފާހަގަކުރެއްވި އެވެ. އަދި މި ކަންތަކުގެ ސަބަބުން ދަރިފުޅުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުކޮށް ރައްކާތެރިކަން ކަށަވަރު ނުވާ ވަރުގެ ކަންތަކަށް މަގުފަހިވެގެން ގޮސްދާނެކަމަށް ސާޖިދާ ވިދާޅުވި އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 56%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: