ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހު ވެސް އެމްޑީޕީއަށް މުހިންމުވީ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުން: ޝަރީފް

އަބްދުﷲ ޝަރީފު ހަބަރަށް ފަސް ޕްރޮގުރާމަށް އައިސް ވާހަކަ ދައްކަވަމުން/ފޮޓޯ::ސަންގުޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީ ސިސްޓަމްތެރޭގައި ހަގީގީ މާނައިގައި އޮޕޮޒިޝަންގެ ދައުރު އެމްޑީޕީއަށް އަދާ ނުކުރެވޭކަމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ އިދިކޮޅެއްގެ ބޭނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުންކަމަށެވެ. އެހެން ނަމަވެސް އެ ޒިންމާ އަދާނުކޮށް ސަރުކާރާއި މެދު ނަފްރަތު އުފެއްދުމާއި، އިހުތިޖާޖުތައް ކުރުމުގައި އެމްޑީޕީ އޮތުމަކީ ހަމަޖެހުން ނަގާލުމަށް ކުރާ މަސައްކަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 12 މެމްބަރުންނަށް މަސައްކަތް ކުރުމުގެ ޖާގައެއް ނެތްކަމަށް ބުނި ނަމަވެސް ކަން އޮތް ގޮތަކީ އެއީ ނޫންކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަށް ފަހިވެފައި އޮތް ފުރުސަތުތައް ދޫކޮށް ފެންނަނީ މަޖިލީހަށް އެއްވެސް އޮއްޓަރެއް ނެތް ގަރާރުތަކާއި ކުއްލި މައްސަލަތައް ހުށަހަޅާ މަންޒަރު ކަމަށެވެ.

އެބޭފުޅުން އުޅެނީ އެތާ ކައުންޓަރުގައި ކުޅެކުޅެ. އެބޭފުޅުންގެ ޕީޖީ ލީޑަރުންވެސް އެންމެ ފަހުން ދުވަހުވެސް ނެރުނީ އެތާ ޑެސްކު ދަށުން. މީ އެބޭފުޅުން ކުރާ މަސައްކަތަކީ. އެހެންވީމަ މީ އެބޭފުޅުން ކުރާ މަސައްކަތަކީ. އެކަހަލަ އެއްވެސް ޒިންމާދާރު އެއްވެސް ކަމެއް އެބޭފުޅުން ނުކުރޭ.

ޝަރީފު ވިދާޅުވީ، ދިވެހިރާއްޖެއަކީ 100 އިންސައްތަ މުސްލިމު ގައުމެއްކަމަށާއި، މި ރަމަޟާން މަހު ވެސް އެމްޑީޕީއަށް މުހިންމުވީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރުން ކަމަށެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އެމްޑީޕީން މުޒާހަރާކޮށް، އަޑުއުފުލަމުން ދަނީ މާބޮޑުކަމެއް ހިންގައިގެން ނޫން ކަމަށެވެ.

މާލޭގައި ތަރާވީސް ނަމާދު ކުރިޔަށް ދާ ވަގުތު، އެމްޑީޕީން މަގުމައްޗަށް ނިކުމެ އެ ކަންކަމުގައި މަސްއޫލުވެގެން އުޅޭ އުޅުމަކީ ވެސް ކަންބޮޑުވުމެއްކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުން ރޯދަ މަހަށް ރައްޔިތުންނަށްޓަކައި އެތައް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުން ވެސް ހެޔޮ ބަހެއް ބުނުމުގެ ބަދަލުގައި އެމްޑީޕީ ނިކުތީ އެ ހުރިހާކަމަކާއި ވެސް ދެކޮޅަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: