މަޖިލިސް ގަވާއިދުގައި ކަންކަން ލިޔެފައި އޮތަސް އެކަންކަން އެހެން ކުރިއަށް ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުުގައި ވާހަކަދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ވަޒީރުންނަށް ސުވާލު ކުރުމުން ޖަވާބު ދޭން ޖެހޭ މުއްދަތު މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ޒިޔާދު ވިދާޅުވީ ޑިފެންސް މިނިސްޓަރަށް ކުރުމަށް ހުށަހަޅާފައި ވަރަށް ކުރު ސުވާލެއް ކަމަށާއި އެއީ މިހާތަނަށް ރާއްޖެއިން ބޭރު ކުރި އަދަދު ކަމަށެވެ. އެހެންނަމަވެސް އަދިވެސް ޖަވާބުވެސް ނުލިބޭ ކަމަށް މެމްބަރު ޒިޔާދު ވިދާޅުވިއެވެ.
އެ ސުވާލުގެ ޖަވާބު ނުލިބި އުޅެނިކޮށް މުޅި ރާއްޖޭގެ ބޯ ހިމެނުން ނިންމައި އޭގެ ނަތިޖާވެސް އިއުލާނުކޮށްފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ ގަވައިދަށް ކިތަންމެ ގިނަ އިސްލާހެއް ގެނައި ނަމަވެސް، އަމަލު ކުރަން ޖެހޭ ހިސާބުން ތަންފީޒު ނުކުރެވޭކަމަށެވެ. މަޖިލީހުގެ އިއްޒަތާއި ކަރާމަތް ހިފަހައްޓަން ޖެހޭނީ މަޖިލިސް މެމްބަރުން ކަމަށް ޒުޔާދު ފާހަގަކުރެއްވިއެވެ.
”ކަނޑައެޅިގެން މަޖިލީހުގައި ބޮޑެތި ދޮގު ހަދާއިރު ތިހެން އިންނަވާތީ އެވާހަކަ މި ދަންނަވަނީ. އިއްޔެ އެ ވިދާޅުވީ އަޅުގަނޑުމެންގެ ކޮމިޓީއެއް ނެތޭ. އަޅުގަނޑާއި އެކުގައިއޭ އިންނަވަނީ. އަޅުގަނޑުމެންވެސް ހަމަ ރޯދައަށް މިތިބެނީ. ކޮންމެ ކަމެއްގައި އިތުރުފުޅު އެވަރަށް ހައްދަވާތީ އަޅުގަނޑު އެކަން ފާހަގަކޮށްލީ“
ޒިޔާދު ވިދާޅުވީ މެމްބަރުން އުޅެން ޖެހޭ ގޮތާއި، އަދި ވަޒީރުން ހާޒިރުވާ ގޮތާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން އެހެން ނުވާ ކަމަށެވެ. މަޖިލީހުގެ ރައީސް ވެސް ކުރައްވާނެ މާބޮޑު ކަމެއް ނެތް ކަމަށާއި، އެކަމާއި ހަމްދަރުދީ ވާ ކަމަށާއި އަދި މިއަދު މަޖިލީހުގެ މަސައްކަތް ވެސް ކުރައްވަނީ ކުރެއްވެނެ އެންމެ ރަނގަޅަށް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

