ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީއަށް ފަނޑިޔާރުން ދީފައިވާ ހެކިބަހުން އަޒްމިރަލްދާ ނުފޫޒުފޯރުވިކަން އެނގޭކަށް ނެތް: އަޒްމިރަލްދާގެ ގާނޫނީ ޓީމު

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޟީންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ ކުރެވޭ ތުހުމަތާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާޟީން ދީފައިވާ ހެކިބަސްތަކުން އެފަދަ ކަމެއް ކުރިކަން އެނގެން ނެތްކަމަށް ފަނޑިޔާރުގެ ގާނޫނީ ޓީމުން މިއަދު ބުނެފިއެވެ.

ޑރ. އަޒްމިރަލްދާގެ ގާނޫނީ ޓީމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގު ރިޕޯޓާއި އެކު ކްރިމިނަލް ކޯޓުގެ ތިން ގާޟީން ދީފައިވާ ހެކިބަހުގެ ޓްރާންސްކްރިޕްޓް ވަނީ މި މަހުގެ 13 ވަނަ ދުވަހު ޖަވާބުދާރީވުމަށް ފަނޑިޔާރަށް ފޮނުވާފައެވެ.

ގާޟީންގެ ހެކިބަހުން އެނގޭ ގޮތުގައި ޑރ. ލަތީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުންތަކުގައި އަދި އޭގެ ކުރިން ނުވަތަ ފަހުންވެސް ޑރ. އަޒްމިރަލްދާ އަމިއްލައަށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށްވެސް ގާޟީންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި ނުވާކަމަށް ގާނޫނީ ޓީމުން ފާހަގަކޮށްފައިވެއެވެ.

އަޒްމިރަލްދާގެ ގާނޫނީ ޓީމުން އިތުރަށް ބުނެފައިވަނީ، ފަނޑިޔާރުގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭފަދަ އެއްވެސް ވާހަކައެއް ގާޟީން ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ކުރެވޭ ތުހުމަތަކީ ”ދައުލަތުގެ ބައެއް އިދާރާތަކުގެ ވަހުމެއް“ ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ކްރިމިނަލް ކޯޓުގެ ގާޟީން ދެއްވި ބަޔާންތަކުގައި އަޒްމިރަލްދާއާ ގުޅުވައި ފަނޑިޔާރު ވިދާޅުނުވާ ވާހަކަތަކެއް ގާޟީއަކު ވިދާޅުވެފައިވާކަން ޖޭއެސްސީގެ ރިޕޯޓުން އެނގޭކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: