ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ 10 އެއްގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ

2018 ވަނަ އަހަރު ފިތުރު ޒަކާތް ދެއްކުމުގެތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިއީ މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތަފާސްހިސާބުތަކެވެ.

ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 2،913،839.61 ރުފިޔާ ވަނީ ބަލައިގެންފައެވެ. އެއީ އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކަށް ދައްކާފައިވާ އަދަދެވެ.

މިދިޔަ ފަސް އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހަށް ބަލާއިރު މިއީ ވަރަށް ބޮޑު އިތުރުވުމެއްކަން ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އަށް ޒަކާތް ބަލައިގަންނާނެއެވެ. އަދި ފަހު 10 ގައި 23 މާޗް އިން 30 މާޗް އަށް ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން މެންދުރުފަހު 2:00 އަށް ޒަކާތް ބަލައިގަންނާނެއެވެ.

ދިރާގު، އުރީދޫ، އެމްއައިބީ، ބީއެމްއެލް، ފަހިޕޭ އަދި ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕްލެޓްފޯމުތަކުން ޒަކާތް ބަލައިގަނެއެވެ.

މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: