ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލް ކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭ: ޑރ މާރިޔާ

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު  ޑރ.މަރްޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމުގެ ކުރިމަގަށް ހިންގާ ބޮޑެތި މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލްކުރުމަކީ އެ މަޝްރޫޢުއަކަށް ލިބިގެންދާ، އިތުރު ފުރިހަމަކަމެއްކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އަރިޔަދޫގައި ”ކޮކްނަޓް ޑިވްލޮޕްމަންޓް ސެންޓަރ“ ޤާއިމުކުރުމުގެ މަޝްވަރާގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއި މިނިސްޓްރީއިން ކުރި ޕޯސްޓްއެއް ސޯޝަލްމީޑިއާގައި ހިއްސާކުރައްވަމުންނެވެ.

ތިޔައިގެ ތެރެއިން ކޮންމެ މީހަކީވެސް ހަރުދަނާ ޙިޔާލެއް ނުވަތަ މަޝްވަރާއެއް ދެއްވިދާނެ ފަރާތަކަށްވެސް ވެދާނެ. ރާއްޖެއަށް ކުރިމަތިވެފައިވާ ރުއްތަކުގެ މައްސަލައިން އަރައިގަތުމަށް ތިޔަ ލޮބުވެތި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޅުގަނޑުމެން ބަލައިގަންނާނީ އުފަލާއި އެކުގައި.

މިނިސްޓަރު ވިދާޅުވިއެވެ.

އދ. އަރިޔަދޫ އެ މިނިސްޓްރީގެ ބެލެހެއްޓުމުގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާއި ގުޅިގެން، ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި ”ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ“ އެއް ގާއިމުކޮށް ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: