ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން އަރިއަތޮޅު އުތުރުބުރީ ހިމަންދޫ، ފެރިދޫ، އަދި ތޮއްޑޫގެ އިތުރުން ކާށިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފައިނޭންސް ކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ހަތަރު ރަށުގައިވެސް ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ޤާއިމްކުރެވިގެންދާނެއެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ބުނީ މި މަޝްރޫޢުތައް ފެށުމަކީ ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މި މަޝްރޫޢުތައް ނިމުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ސާފު އަދި ދުޅަހެޔޮ ތިމާވެއްޓެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުތައް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި މަޝްރޫޢުތައް ނިމުމުން އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރެވޭނެ ކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: