ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުން ހޭދަކުރުމުގެ އުސޫލު އާންމުކޮށްފި

އިސްލާމިކް މިނިސްޓްރީ ހިންގާ އިސްލާމީ މަރުކަޒު - ވަގުތު އިމޭޖްސް: އަހްމަދު އަަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުން ހޭދަކުރުމުގެ އުސޫލު އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

މިއީ މިއ،ީ ޤާނޫނު ނަންބަރު 3/2006 ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ”ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑު“ ގެ ނަމުގައި ގާއިމުކޮށްފައިވާ ފަންޑަށް ދައުލަތުގެ ބަޖެޓުންނާއި ޢާންމު ފަރާތްތަކުން ދޭ ފައިސާއާއި އެހެނިހެން ގޮތްގޮތުން ފަންޑަށް ލިބޭ މުދަލާއި ފައިސ،ާ އެ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތީން ހޭދަކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާއި މިންގަނޑުތައް ބަޔާންކުރުމުގެ އުސޫލެވެ.

މި އުސޫލުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ފަންޑުގެ ވަޤްފުގެ ރުކުންތައް ބަޔާންކުރުމާއި، ފަންޑުގެ ނާޒިރާއި އެ ފަރާތުގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމާއި، ފަންޑުން އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް ދެވޭނެ އެހީ ބަޔާންކުރުމާއި، ފަންޑުން އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކާއި ހާލަތްތައް ކަނޑައެޅުމުގެ އިތުރުން، ވަޤްފެއްކަން ސާބިތުކުރުމަށް ބޭނުންކުރެވިދާނޭ އުސޫލެއް އެކަށައެޅުންވެސް ހިމެނެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑަކީ އިސްލާމީ ދަޢުވަތު ފެތުރުމާއި، އިސްލާމީ ތަޢުލީމު ދިނުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމާއި، އިސްލާމީ ޝިޢާރު ފާޅުކުރުމާއި އަދި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް އެހީވުމަށާއި، މިސްކިތްތަކާއި ނަމާދުކުރާ ތަންތަން ބިނާކުރުމަށާއި، މަރާމާތުކުރުމަށާއި، މިސްކިތްތަކާ ގުޅުންހުރި އެންމެހާ ކަންކަމަށް ހޭދަކުރުމަށް އުފައްދައިފައިވާ ވަޤްފު ފަންޑެކެވެ.

މި ފަންޑުން އެހީދޭނެ ކަންކަމުގެ ތެރޭގައި އިސްލާމީ ދަޢުވަތު ފެތުރުމާއި، އިސްލާމީ ތަޢުލީމު ދިނުމާއި، އިސްލާމީ ޙަޟާރަތު ކުރިއެރުވުމާއި، އަދި އިސްލާމީ ޝިޢާރު ފާޅުކުރުމާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް އެހީވުމާއ،ި، އިސްލާމީ ފޮތްތައް ލިޔުމާއި ތަރުޖަމާކުރުމާއި، ދިރާސާތައް ކުރަން އެހީވުމާއި އަދި ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އިސްލާމީ ތަޢުލީމާއި ތަރުބިޔަތު ފެތުރުމާއ،ި އެފަދަ މަރުކަޒުތަކާއި މުއައްސަސާތައް ޤާއިމުކުރުމާއ،ި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އެ ކަންކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް ތަރައްޤީކުރުމަކީވެސް މި ފަންޑުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ޤުރްއާން މަރުކަޒުތަކާއި ކުލާސްތައް ބިނާކުރުމާއި މަރާމާތުކުރުމާއި، ވަސީލަތްތައް ޤާއިމުކުރުމާއި، ޤުރްއާނާއި ސުންނަތުގެ ޢިލްމު ފެތުރުމާއި، ޙާފިޒުން އުފެއްދުމަށް ޓަކައި ކުރަން ޖެހޭ އެންމެހައި ކަންތައްތަކަށް އެހީވުންވެސް ފަންޑުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު، އިސްލާމީ ލައިބްރަރީތައް ޤާއިމުކުރުމާއި މަރާމާތުކުރުމާއި ވަސީލަތްތައް ޤާއިމުކުރުމަށް އެހީވުމަކީވެސް ފަންޑުން ކުރެވޭ މަސައްކަތްތަކެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަކުގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވުމަށްދޭ ފައިސާ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓުގައި ކަނޑައެޅިފައިވާ ގޮތަށް ބޭނުންކުރަންޖެހެންދެން ޖަމާކޮށްފައި ބަހައްޓަން ޖެހެނީ މި ފަންޑުގައެވެ. އަދި ފަންޑަށްދޭ ފައިސާ ޖަމާކުރެވޭނ،ީ އެކަމަށް ޚާއްޞަކޮށްފައިވާ ޓްރަސްޓް ފަންޑުގެ އެކައުންޓުގައެވެ.

މީގެ އިތުރުން، ވަކި މިސްކިތެއް އެޅުންފަދަ ވަކި ކަމަކަށް ޚަރަދުކުރުމަށް ޚާއްޞަކޮށް އެފަދަ އިންތިޒާމެއްގެ ދަށުން ފަންޑަށް ޖަމާކުރެވޭ ފައިސާއާއި، އެހެން ވަޤްފަކުން މި ފަންޑަށް ޖަމާކުރާ ފައިސާ ބެލެވޭނީ އެއީ ޢާންމު ޞަދަޤާތާއި ހަދިޔާގެ ގޮތުގައި ލިބުނު ފައިސާ ކަމުގައިވެސް އުސޫލުގައި ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން އިސްލާމީ ދަޢުވަތު ފެތުރުމާއި އިސްލާމީ ތަޢުލީމު ދިނުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމާއި އިސްލާމީ ޝިޢާރުފާޅުކުރުމާއި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގޮތުން ކުރިއަށްގެންދާ ކަންކަމަށް މި ފަންޑުން އެހީތެރިކަން ފޯރުކޮށްދޭންވާނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ގާއިމު ކުރެވިގެން ދާނީ ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާ އޮފީސް ކޮންޕްލެކްސްގައިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަކީ 205 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އަދި އެތަން ގާއިމް ކުރެވިއްޖެނަމަ ރާއްޖޭގެ އިސްލާމީ ކަންކަން ކުރުމަށް ދިމާވާ މާލީ ދަތިކަން ހައްލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ވަގުފަކީ ހިލާފަތުގެ ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށް ވެސް އިސްލާމީ ދައުލަތްތަކުން ކުރައްވަމުން ގެންދަވާ މުހިންމު އެއް މަސައްކަތެވެ. އޭގެ ސަބަބުން ދީނުގެ ކަންކަމަށް ހަރަދުކޮށް، ރައްޔިތުންގެ ކުރިއެރުމަށް ހޭދަ ކުރުމަށް ދައުލަތްތަކަށް ފައިސާ ލިބި އޭގެ ސަބަބުން ރަނގަޅު ނަތީޖާ ނިކުންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: