ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރުވެސް ކުޑަ އީދު ސާދަ އެންޓަޓެއިންމެންޓާއެކު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ކުޑަ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތުން އީދު ފާހަގަކުރުމުގެ ހަރަކާތްތައް އިންތިޒާމުކުރުމަށް ސާދަ އެންޓަޓެއިންމެންޓާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރެވުނެވެ. އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އާދަމް އާޒިމްއެވެ. އަދި ސާދަ އެންޓަޓެއިންމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޖަޒުލާން ޝަރީފެވެ.

އީދު ދުވަހުގެ ހަރަކާތްތައް

އީދު ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 4:00 ގައި ރަސްފަންނު ސަރަހައްދުންނެވެ. މި ހަރަކާތްތައް ނިމިގެންދާނީ މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗާ ހަމައަށެވެ. އަދި އީދު ބަންދުގެ ތިން ދުވަހުގެ ތެރޭގައި ސަގާފީ ފެސްޓިވަލެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސަގާފީ ފެސްޓިވަލްގައި ބަޑިއާ ޖެހުމާއި، ތާރަޖެހުމާއި، ބޮޑުބެރު ފަދަ ސަގާފީ ކުޅިވަރުތައް ހިމެނޭނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯއެއްވެސް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީދު ފާހަގަކުރުމުގެ ގޮތުން މާލޭގެ މަގުތައް ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މިގޮތުން ސްޓެލްކޯގެ އެހީތެރިކަމާއެކު މަގުތަކުގައި ކުލަބޮކިތަކާއި ޝިޢާރުތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: