ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން މަގާމުން ވަކިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު އޭނާގެ މަގާމުން ވަކިކޮށްފިއެވެ.

މި ސަރުކާރުގައި އެންމެ ބޮޑަށް އާންމުންގެ ތައުރީފު ލިބުނު ޝަމްއާން މަގާމުން ކުއްލި ގޮތަކަށް ވަކި ކުރީ ކޮން ސަބަބަކާއި ހުރެކަން ސާފެއް ނޫނެވެ. އެހެން ނަމަވެސް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހިފަހައްޓައި ޑީޕޯޓު ކުރުމުގައި ފަހަކަށް އައިސް ފައިސާ ނަގާކަމަށް އިމިގްރޭޝަންގެ މައްޗަަށް ތުގުމަތު ކުރެވެއެވެ. އަދި އެފަދަ މައްސަލަތަކެއް ފެންމަތިވެ ބައެއް އޮފިސަރުންގެ މައްސަލަ ބަލާފައިވެއެވެ.

އެކަމަކު ޝަމްއާން ވަކި ކުރީ އެފަދަކަމެއްގައިކަން އަދި ނޭނގެ އެވެ.

ޝަމްއާން މަގާމުން ވަކިކޮށްފައި ވާއިރު ފުލުހުން މިއަދު ބަޔާނެއް އާންމުކޮށް ބުނީ  މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ބަޔާނުގައި ވެވެ. އެކަމަކު ބަލައި ފާސްކުރީ ބިދޭސިންތަކެެއް ދިރިއުޅެމުން ދާ ގެއެއްކަން ނޫނީ ރިޝްވަތު ނެގި އޮފިސަރުންތެއްގެ ގެއެއްކަން އަދި ކަށަވަރު ނުކުރެވެ އެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން އިތުރު ތަފްސީލްތައް ހާމަކުރާނެ ކަމަށެވެ.

އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތް ކުރެއްވި ޝައްމާނަށް އިމިގްރޭޝަން ކޮންޓްރޯލަރުކަން ދެއްވީ މި ސަރުކާރު ވެރިކަމަށް އައިސް ނޮވެމްބަރު 19، 2023 ގައެވެ.

މިއީ ޝަމްއާން އިމިގްރޭޝަނުން ވަކި ކުރި ދެވަނަ ފަހަރެވެ. އެމްޑީޕީގެ ވެރިކަމުގައި ޝަމްއާން ގިނަ އަހަރުތަކެއް ހިދުމަތް ކުރަމުން ދިޔަ އިމިގްރޭޝަން އޮފިސަރުކަމުން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރާތީ އެވެ.

ކޮންޓްރޯލާރ ގެ މަގާމު މި ސަރުކާރުން ދިން އިރު 2022 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އޮތީ ޝަމްއާން ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި އަލުން ވަޒީފާ ރުޖޫއަ ކޮށްދިނުމަށް އަންގައިފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: