ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން ވަގަށް ނަގައިގެން އުޅުނު ބަޔަކަށް ޖުޑިޝަރީގެ ވާހަކައެއް ނުދެއްކޭނެ: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފުލުފުލުގައި ސުލޫކީ މައްސަލަތައް ނަގައިގެން ވަކި ކުރި ޕާޓީއަކަށް ޖުޑިޝަރީގެ ހައްގުގައި ވާހަކަ ދެއްކުމުގެ ހައްގެއް ނޯންނާނެކަމަށް ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ސަސްޕެންޑު ކުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އޭގެ ފަހުން ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ވެސް އިސްލާހު ގެނައުމުން ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގު ނުކުރައްވައި ތަޅުމަށް އަނބުރާ ފޮނުވާލައްވާފަ އެވެ.

ފަނޑިޔާރުގެއަށް އޮތް ނުފޫޒުގެ ތުހުމަތުތަކަށް ސަންގުޓީވީގެ ”ޚަބަށްރަށްފަހު“ ޕްރޮގްރާމްގައި ދެއްވި ރައްދުގައި މަމްދޫހު ވިދާޅުވީ، ކޯޓުތަކަށް ބާރު ފޯރުވައި ސުލޫކީ މައްސަލަތައް ފުލުފުލުގައި ބެލުމުގެ ތާރީހެއް އޮތީ އެމްޑީޕީގެ ކަމަށެވެ. ފަނޑިޔާރުން ވަކިކޮށް، ބިރު ދެއްކުމުގެ އެތައް މައްސަލަތަކެއް އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި ފެނިގެން ދިޔައިރު އަމިއްލައަށް ހެދި ގޯސްތައް ނޭނގެނީތޯ މަމްދޫހު ސުވާލު ކުރެއްވި އެވެ.

މަމްދޫހު ވިދާޅުވީ އެމްޑީޕީއަށް ގަބޫލު ކުރެވޭ ގޮތުގައި، ރައީސް މުއިއްޒު ވެސް ގެންގުޅުއްވަނީ އެ ޕާޓީ ބޭނުން ކުރި ގޮތަށް ނުފޫޒާއި ބާރު ބޭނުން ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ކަންކަން ބައްޓަން ކުރެވިފައިވަނީ، އެމްޑީޕީގެ ވިސްނުމާއި ހިޔާލުތަކާއި އޭރު ހިނގަމުން ދިޔަ ކަންކަމުގެ މައްޗަށް ނޫންކަމަށް މަމްދޫހު ވިދާޅުވި އެވެ.

އެމްޑީޕީ ބޭނުންވާ ގޮތަށް އަޅުގަނޑުމެން ސަރުކާރު ހިންގާނަމަ ޖުޑިޝަރީގެ ތެރެއަށް ވެސް އަތް ބާނާނެ.. އެމްޑީޕީ ބޭނުންވާ ގޮތަށް މި ސަރުކާރުގެ ކަންކަން ހިންގާނަމަ ފަނޑިޔާރު ގެތަކަށް ވެސް އަތް ބާނާނެ.. އެހެން ނަމަވެސް އަޅުގަނޑުމެން މި ސަރުކާރު ހިންގަމުން މި ދަނީ އެމްޑީޕީ ބޭނުންވާ ގޮތަކަށް ނޫން..

މަމްދޫހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައިކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ޖުޑިޝަރީއާއި ފަނޑިޔާރުންގެ ހައްގުގައި ވަކާލާތުކޮށް ވާހަކަ ދެއްކޭނެ ހިސާބެއްގައި އޮތް ޕާޓީއެއް ނޫންކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ފަނޑިޔާރުންތައް ވަގަށް ނަގައި، ހައްޔަރުކޮށް ވުޖޫދުން ވެސް ގެއްލުވާލަން މަސައްކަތް ކުރިކަމަށް މަމްދޫހު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލު ކުރުމުގެ ނިޔަތުގައި ފެށި މަސައްކަތާއި އެކު އެ ކޯޓުގައި އޭރު ތިއްބެވި ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތުހުމަތުތައްކޮށް ވަކި ކުރީކަން މަމްދޫހު ފާހަގަކުރެއްވި އެވެ.

މަމްދޫހު ވިދާޅުވީ މި ސަރުކާރުގައި ފެންނަނީ ތިން ބާރުވަކިވެފައިވާ ނިޒާމެއްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވެސް ވެރިކަން ހިންގުމުގެ ބާރުން އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށެވެ.

މީގެއިތުރުން މަމްދޫހު ވިދާޅުވީ ޖުޑިޝަރީ އިސްލާހުގެ ޓެގު ބޭނުކޮށްގެން ބޭނުންވި ގޮތަށް ސުޕްރީމް ކޯޓު ބަދަލުކޮށްލުމަށް އެމްޑީޕީ މަސައްކަތް ފެށީ ވެސް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކަމަށެވެ. މި ސަރުކާރުގެ އެއް އަހަރު ނިމި، ދެވަނަ އަހަރު ގުނަމުންދާއިރު ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ހިންގީ ކޮން އަމަލެއްތޯ މަމްދޫހު ސުވާލު އުފެއްދެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: