ގާނޫނީ ވެރިކަމަކާއި ދެކޮޅަށް ބަޔަކު ތެދުވެ، ސަރުކާރު ވައްޓާލަން ކުރާ މަސައްކަތްތަކަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އައިފާން ވިދާޅުވީ ގާނޫނުތައް ހެދުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށްކަމަށާއި، އެ މަޖިލީހުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ހިލާފު އެއްވެސް އަމަލެއް ނުހިނގާނެކަމަށެވެ. މެމެބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ހިމަނައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ދެކޮޅަށް ސުޕްރީމް ކޯޓަށް އެމްޑީޕީގެ ބައިވެރިވުމާއި އެކު ހުށަހެޅި މައްސަލައަށް އައިފާން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭކަމަށް އެންމެ ފުރަތަމަ ވަކާލާތު ކުރި އެއް ބަޔަކަށް އެމްޑީޕީ ވާނެކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ގެނައި އިރު، އޭރު ވެސް މި މާއްދާތަށް ގާނޫނުއަސާސީގައި ހިމަނަން ބައެއް މެމްބަރުން ވަކާލާތު ކުރަމުން ދިޔަކަން އައިފާން ފާހަގަކުރެއްވި އެވެ. އެހެންކަމުން މިއަދު ކުއްލި ގޮތަކަށް އެ ޕާޓީއަށް އެންޑި ޑިފެކްޝަން ގޯސްވީ އަމިއްލަ މަންފާއެއް އިސް ކުރާތީކަމަށް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ ގާނޫނީ ވެރިކަމެއް ވައްޓާލައި، ދިވެހި ގައުމަށް ލިބިފައިވާ ކުރިއެރުންތައް ފަހަތަށް ޖައްސާލުމަށް އެއްވެސް ފުރުސަތެއް ނުދެވޭނެކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ވޯޓާއި އެކު ގެނައި ސަރުކާރެއްގެ ތެރޭގައި ހާޖާނު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރާކަމަށް ފެންނަ ހާލަތުގައި އެކަމަށް މަޖިލީހުގެ ތެރެއިން އަޅަން އޮތް ފިޔަވަޅު ވެސް އަޅުއްވާނެކަމަށް އައިފާން ވިދާޅުވި އެވެ.
އެހެންވީމަ މިކަން މި ގޮތަށް އޮއްވައި، ބަޔަކު އަޑީގައި ތިބެގެން.. ގައުމުގެ މަސްލަހަތު ނަގާލުމަށް މި ކަންކަން ކުރިޔަށް ގެންދިޔައީމަ… މި ގައުމަށް ގައުމުގެ މުޅި ދައުލަތެއްގެ ހަގީގަތުގައި ގާނޫނީ ހަމަތަކުގެ ތެރެއިން އޮތް ވެރިކަމެއް ވައްޓާލަން ނުވަތަ ވެރިކަމެއްގެ ތެރޭގައި ހާޖާނު އުފެއްދުމަކީ އަޅުގަނޑުމެން މަޖިލީހުގައި ތިބެގެން ދޭން ޖެހޭކަމެއް ނޫން.. އެހެންވީމަ މި އިސްލާހު ގެނައީ.. ގާނޫނީ ވެރިކަމެއް ބަޔަކު ބޭނުންވީމައި، ވައްޓާލުމުގެ ފުރުސަތެއް ނުދެވޭނެ..
އައިފާން ވިދާޅުވީ ބަޔަކު ހިތްހަމަނުޖެހޭ ކޮންމެ ވަގުތަކު ނިކުމެ ވެރިކަމެއް ވައްޓާލަން މަސައްކަތް ކުރުން ވެގެން ދާނީ ގޯސް އާދައަކަށް ކަމަށެވެ.
މީގެއިތުރުން އައިފާން ވިދާޅުވީ ރާއްޖެއަށް މިދިޔަ އަހަރެއްގެ ތެރޭގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށެވެ. އަދި ވެރިކަމުގެ ބާރުން އެހެން ބާރުތަކަށް ނުފޫޒު ފޯރުވާކަމަށް އެމްޑީޕީއަށް ގަބޫލު ކުރެވުނު ނަމަވެސް އެފަދަ އެއްވެސް ހާލަތެއް ނެތްކަމަށް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، އެއްވެސް ބާރެއް ފޯރުވައިގެން ކުރި މަސައްކަތެއް ނޫންކަމަށެވެ. އަދި ގާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮތް އިރު، އެ އިމުގެ ތެރެއިން ފުރިހަމަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އައިފާން ވިދާޅުވި އެ

