ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނިތައް ދައްކަން ގައުމުތަކުން ފެހި ސިގްނަލް ލިބިފައިވާކަމަށް ބުނެ ރައްޔިތުންނަށް ވަނީ އޮޅުވާލާފައި: އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުވެރި އަރަބި ގައުމުތަކުން ފެހި ސިގްނަލް ލިބި، އިގްތިސާދީ ހާލަތުން އަރައިގަނެވޭނެކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރުގައި ގެންގުޅެފައިވާ މާލީ ސިޔާސަތުތަކުގެ ގެއްލުމާއި ގޮންޖެހުންތައް ދިމާވަމުން ދަނީ މި ސަރުކާރަށްކަމަށް ރައީސް މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. ފައިސާ ޗާޕު ނުކޮށް، ދަރަނި ނުނަގައި ގައުމު ހިންގުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވަނިކޮށް 18 ބިލިއަން ރުފިޔާ އެމްއެމްއޭ މެދުވެރިކޮށް އިގްތިސާދުގެ ތެރެއަށް ނެރެން އުޅޭކަމަށް ވަނީ އަޑުފެތުރިފަ އެވެ.

އިގްތިސާދީ އަޑިގުޑަންތަކުގެ ޒިންމާ އެމްޑީޕީ ނަގަން ޖެހޭނެތޯ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސުވާލު ކުރުމުން އަމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވަން ޖެހުނު ހާލަތު ދިމާވީ ޕީއެންސީގެ ވެރިކަމުގައި ނަމަ މުޅި ގައުމު އެއްކޮށް ހަލާކުގެ މަގަށް ދިޔައީސް ކަމަށެވެ.

ކޮވިޑު-19 ގެ ހާލަތަށް އިޝާރާތް ކުރައްވައި، އަމީން ވިދާޅުވީ ދުނިޔޭގެ ގައުމުތައް ހުއްޓުމަކަށް އައިސްފައި އޮތް އިރު ދިވެހި ގައުމުގައި ހަކަތަ ހުރި މިންވަރުން ސަރުކާރުން ރައްޔިތުނަށް އެހީވިކަމަށެވެ.

ހަގީގަތުގައި އެމްޑީޕީ ސަރުކާރު އޮތް އިރުގައި އެ އޮތް ހާލަތު އޮތް ނަމަ ހަގީގަތުގައި މި ބޭފުޅުން ވެރިކަމުގައި ނުވެސް ތިބޭނެ.. އަމިއްލައަށް އިސްތިއުފާ ދީ ތިބޭނީ ގޭގަ…

އަމީން ވިދާޅުވީ ވަޒީފާ ގެއްލުނު ފަރާތްތަކަށް އެލަވަންސްތައް ދޫކޮށް، ވިޔަފާރިތަކަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ވެސް ހަރުދަނާ އެތައް ފިޔަޅެއް އަޅައި ބޮޑު ބަލިމަޑުކަމަކުން އަރައިގަތްކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ އަސަރު ދިވެހިރާއްޖެއަށް ވެސް ކުރިކަމަށާއި އޭގެ ސަބަބުން ސަރުކާރުން އަޅަން ޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި ފައިސާ ޗާޕު ކުރުން ހިމެނޭ ކަމަށެވެ. އެ ދުވަހުގެ އެ ނިންމުން ބަޔަކަށް، ޖޯކެއްގެ ގޮތުގައި ބެލެވުނަސް އެ ހާލަތުގައި ބައެއް ނިންމުންތައް ނިންމާފައި ވަނީ މަޖުބޫރީ ހާލަތުގައިކަމަށް އަމީން ވިދާޅުވި އެވެ.

މީގެއިތުރުން އަމީން ވިދާޅުވީ އެއަށް ފަހު ދެން ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ޓެކްސްގެ ނިޒާމަށް ބަދަލު ގެނައީ ރިޔާސީ ވޯޓު ނެގުން ގާތްވެފައި ވަނިކޮށް ކަމަށެވެ. އެހެންކަމުން އަމިއްލަ މަންފާއަށް އެމްޑީޕީ ވިސްނައި، އަމިއްލަ އެދުމެއް އޮތް ނަމަ ޓެކްސްއަށް ބަދަލު ނުގެނައީސްކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ދަރަނި އެކި ބޭނުންތަކަށް ނަގާކަމަށެވެ. އަދި ޖެހިގެން އަންނަ ސަރުކާރަކުން، ދަރަނި އަދާކުރަން ޖެހޭ މުއްދަތުގައި ދަރަނިތައް ދައްކާކަމަށް އަމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އައިސް އޭގެ ކުރީގެ ދަރަނި ދެއްކީ.. އެމްޑީޕީ އައިސް ދެއްކީ ރައީސް ޔާމީންގެ ދަރަނި އެހެން ނޫނީ އޭގެ ކުރީގެ ދަރަނި.. އެއީ އެކަން ހިނގާ ގޮތް.. ވެރިކަން ދީގެން އުޅެނީ މަޖުބޫރަކުން ނޫނޭ..

އަމީން ވިދާޅުވީ ރައްޔިތުންގެ ވޯޓު ރައީސް މުއިއްޒު ހޯއްދެވީ، ދަރަނި ދައްކާނެކަމަށް ވައުދުވެގެން ކަމަށެވެ. އަދި ގައުމުތަކުން އެހީތެރިކަން ލިބޭނެކަމުގެ ފެހި ސިގްނަލް ލިބޭނެކަމަށް ވިދާޅުވުމުން ރައްޔިތުން އެކަން ގަބޫލު ކުރިކަމަށް އަމީން ވިދާޅުވި އެވެ. އެހެން ނަމަވެސް ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ލިބުނުކަމަށް ވިދާޅުވި ފެހި ސިގްނަލް ކޮބައިތޯ އަމީން ސުވާލު އުފެއްދެވި އެވެ.

އަމީން ވިދާޅުވީ ކުރީ ސަރުކާރުގެ ނަން ބޭނުންކޮށް، ތަކުރާރުކޮށް ރައީސް މުއިއްޒު ޝަކުވާ ކުރައްވާނެކަމަށް ބެލެވުނު ނަމަ ރައްޔިތުން އެމަނިކުފާނަށް ވޯޓު ނުދިނީސް ކަމަށެވެ. އަދި މިއަދު ސަރުކާރަށް ހަރުދަނާ އެއްވެސް މަސައްކަތެއް ނުކުރެވުނުމުގެ ސަބަބުން ގައުމު އޮތީ ބަނގުރޫޓުވުމުގެ މަގުމަތީކަމަށް އަމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: