ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ ގެ ފުލުހުން ބަލައި ފާކޮށް މިލިއަނެއްހާ ރުފިޔާ ގެންގޮސްފި އެވެ.
ރޭގެ ވަގުތެއްގައި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ. އަދި ފުލުހުން އެކަން ވަނީ ބަޔާޏެއް ނެރެ އަންގާފައެވެ. އެ ބަޔާނަށް ފަހު ޝަމްއާން އޭނާގެ މަގާމުން ވަކިކުރިއެވެ. އޭނާ ވަކިކޮށްފައި ވަނީ ސީދާ އިމިގްރޭޝަންގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. އޭނާ މަގާމުން ވަކިކުރުމާއިއެކު ރޭ ދަންވަރު އެ މަގާމަށް ކުރީގެ ސީޕީ (ރިޓަޔަޑް) އަޙްމަދު ފަސީހް ވަނީ އައްޔަނުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. އެނގިފައިވާ ގޮތުގައި ބަލައި ފާސްކުރީ ބައެއް އިމިގްރޭޝަން އޮފިސަރުންގެ އޮފިސަރުންތަކެއްގެ ގެޔާއި، ޝަމްއާން ދިރިއުޅޭ ގެއެވެ.
ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް ތަކެތި ފުލުހުން ވަނީ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ފައިސާއާއި، ޑޮލަރު ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތް ކުރެއްވި ޝައްމާނަށް އިމިގްރޭޝަން ކޮންޓްރޯލަރުކަން ދެއްވީ މި ސަރުކާރު ވެރިކަމަށް އައިސް ނޮވެމްބަރު 19، 2023 ގަ އެވެ.

