ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ދިމާކޮށް ބަހުގެ ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަށް ގްރޭޓަރ މާލެ ސަަރަހައްދުގެ ބަަސް ހިދުމަތް ދޭ ގަޑިތައް އެމްޓީސީސީއިން އިތުރުކޮށްފިއެވެ.

އެމްޓީސީސީއިން މައުލޫމާތު ދެމުން ބުނެފައި ވަނީ، އެ ކުންފުނީން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ދެމުންދާ މާލެ-ހުޅުމާލެ އަދި މާލެ ތެރޭގެ ބަސް ހިދުމަތްތަށް ރަމަޟާން މަހުގެ ފަހު ދިހައިގައި ހިދުމަތުގެ ފެންވަރު އިތުރުކޮށް، އިތުރު ފުރިހަމަކަމާއި އެކު ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހިދުމަތްތަށް ދޭ ވަގުތު ރޭގަނޑުން ފެށިގެން އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ބުނިއެވެ. އެމްޓީސީސީއިން ބުނީ، މާލެ-ހުޅުމާލެ ދަތުރުކުރާ އާރް1، 2، 6، 7 އަދި 8 ދަތުރުތަކުގެ އިތުރުން، މާލެ ތެރޭގައި ދަތުރުކުރާ އާރް 10 އަދި 11 ގެ ދަތުރުތަކުގެ ވަގުތު އިތުރު ކުރެވިފައިވަނީ ދަންވަރު 2 ޖެހުމާއި ހަމަޔަށް ކަމަށެވެ.

ގެނެވުނު ބަދަލާއި އެކު އެމްޓީސީސީއިން ނެރުނު ތާވަލު: https://www.facebook.com/mtcc.plc/posts/pfbid0m35i8amGXwE1oKUdrEpVYkBdC8hMnrCeK8UXhJyqr8Rpx3K5hoikhyiyWy4iKw7Xl?rdid=Uh9z2zngLNitFGgq#

މި ބަދަލު ގެނެސްފައިވަނީ ރަމަޟާން މަސް ފެށިގެން މިހާތަނަށް އައި އިރު، ކުންފުނީން ދެމުންދާ ބަހުގެ ހިދުމަތް އެންމެ ގިނައިން ބޭނުންކުރެވޭ ވަގުތުތަކާއި، ބޭނުންކުރެވޭ މިންވަރާއި އަދި ބަހުގެ ހިދުމަތް ބޭނުންކުރައްވަމުންދާ އާންމު ފަރާތްތަކުގެ ހިޔާލުތަކަށް ރިޔާޔަތްކޮށް ލިބުނު މައުލުމާތުގެ އަލީގައިކަމަށް އެމްޓީސީސީއިން ބުންޏެވެ.

އެމްޓީސީސީއިން އިތުރަށް ބުނެފައި ވަނީ، މި ބަދަލުގެ ސަބަބުން މި މާތްވެގެންވާ މައްސަރުގެ ފަހު ދިހައިގެ ރޭތަކުގައި ބަހުގެ ހިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް އިތުރު ލުއި ފަސޭތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: