ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމްއާންގެ އެޕާޓްމެންޓު ބަލައިފާސްކޮށް 5 ލައްކައެއްހާ ފައިސާ ހޯދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އެޕާޓުމެންޓުން 5 ލައްކައެއްހާ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަން އޮފިސަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި ޝަމްއާންވެސް ހިމެނޭ ކަމަށް ރަސްމީކޮށް ފުލުހުން ބުނެފައި ނެތް ނަމަވެސް އޭނާއަށްވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ ކަމަށް ވަނީ އެނގިފައެވެ.

ޝަމްއާން އޭނާގެ މަގާމުންވެސް ވަކިކޮށްފައިވަނީ މި މައްސަލައިގައެވެ. އޭނާގެ އެޕާޓުމެންޓު ބަލައި ފާސްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނަކާ ގުޅުވައި ބިދޭސީންތަކެއް އަތުން ހޯދި ކަމަށް ބެލެވޭ ފައިސާ ވެސް، އޭގެ ތެރޭގައި ހިމެނެއެވެ. މި މައްސަލައިގައި ފުލުހުން އިއްޔެ ރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުންނާ ވެސް އެކަމާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: