ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ!

އުރީދޫ އިމާރާތް. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް ފިތުރު ޒަކާތް ދެކޭނެ އިންތިޒާމު އުރީދޫއިން ހަމަޖައްސައިފިއެވެ.

އުރީދޫއިންވަނީ މި އަހަރުގެ ފިތުރު ޒަކާތް ދެކުމުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ވެގެންދާނެ ގޮތަށް ހިދުމަތެއް ތައާރަފްކޮށްފައެވެ. އެގޮތުން މިހާރު އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް ފިތުރު ޒަކާތްދެއްކޭނެކަމަށާއި އެކަން ހަމަޖެހިފައިވަނީ ފަސޭހަ އިންތިޒާމެއްގެ މަތިންކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ޖެހޭނީ އެޕްލިކޭޝަންއަށް ލޮގިންވެލައްވަންކަމަށެވެ. އަދި ފަސޭހައިން ފެންނަ ގޮތަށް ހުންނާނެ ފިތުރު ޒަކާތުގެ ބެނާރ ބޭނުންކޮށްގެން އެ މަރުހަލާ ފެށުމަށްފަހު ޒަކާތް ދައްކަން ބޭނުންވާ އަދަދާއި ބާވަތް ޖެއްސެވުމަށްފަހު ފޯނު ނަމްބަރާއި އެހެނިހެން މައުލޫމާތު ފުރިހަމަކުރެއްވުމަށް އެދިފައިވެއެވެ. އެއަށްފަހު ޕޭމަންޓު މެތަޑްގެ ގޮތުގައި އެމްފައިސާ ކަނޑައަޅައި ފައިސާ ދެއްކުމުން އޭގެ ރަސީދު ލިބިގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: