ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރާ ދިވެހިންނަށް ފިޔަވަޅުއަޅަންޖެހޭ: މާނިއު

ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު: ފޮޓޯ/ ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ ވަގުފާރި ހުއްޓުވުމަށްޓަކައި ހަމައެކަނި ބިދޭސީން ހައްޔަރުކޮށް އެމީހުން ޑީޕޯޓު ކުރުމަކީ ހައްލެއް ނޫންކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއު ވިދާޅުވެއްޖެއެވެ.

މާނިއު ވިދާޅުވީ، ބިދޭސީންގެ ވަގުފާރި ހުއްޓުވުމަށްޓަކައި ހަމައެކަނި ބިދޭސީން ހައްޔަރުކޮށް އެމީހުން ޑީޕޯޓު ކުރުމަކީ ހައްލެއް ނޫން ކަމަށެވެ. އެ ޙާލަތުގައި ބިދޭސީންގެ ވަގުފާރި ހިންގާ މީހުންނަށް އެކަންކަން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާކަންވެސް މާނިއު ފާހަގަ ކުރެއްވިއެވެ.

މާނިއު ވިދާޅުވީ، ކުންފުނިތައް އުފައްދައިގެން އެކި ނަންނަމުގައި ބިދޭސީން ގެނައުމަށް ކޯޓާ ހޯދާ ކަމަށާއި، އެގޮތުން ގެންނަ ކޮންމެ ބިދޭސީއެއްގެ އަތުން 1500 ޑޮލަރާއި 2000 ޑޮލަރާ ދެމެދުގެ އަގެއް ނަގާ ކަމަށެވެ.

ހަމައެއާއެކު، ވޯކް ވިސާއަށް ފަހުން ބަދަލުކޮށްދޭނެކަމަށް ބުނެ ޓޫރިސްޓް ވިސާގައި ބިދޭސީން އެތެރެ ކުރުމަށްފަހު، އެމީހުންނަށް އޮޅުވާލާ ކަމަށްވެސް މާނިއު ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން ގިނަ ބިދޭސީންނަކީ ލިޔަން ކިޔަން ނޭނގޭ މީހުންކަމަށްވާއިރު، ސައްޙަ ވިސާއެއް ނެތި، ޤަވާއިދާ ޚިލާފަށް އުޅެމުން ދަނިކޮށް އެންމެ ފަހުން ފެނިގެންދަނީ އެ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކޮށްލާ މަންޒަރުކަމަށްވެސް މާނިއު ވިދާޅުވިއެވެ.

މާނިއު އިތުރަށް ވިދާޅުވީ، ކަމާ ގުޅުންހުރި އިދާރާތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ދައުރު މި ކަންކަމުގައި އޮންނައިރު، އޭގެ ތެރެއިން މީހަކާމެދު ދުވަހަކުވެސް ފިޔަވަޅު އަޅާ މަންޒަރު ނުފެންނަ ކަމަށެވެ.

މާނިއު އެފަދައިން ވިދާޅުވެފައިވާއިރު، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު އެ ބިދޭސީންތައް ގެންދިޔަ މައްސަލައަކާ ގުޅިގެން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

އިމިގްރޭޝަންގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ، އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުގައި ހުރި ޝަމްއާން އޭނާގެ މަގާމުންވެސް ވަނީ ވަކިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: