ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަކީ އެންމެ މުހިއްމު އެއް އަމާޒު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނާއި އަދި ރާއްޖޭގެ ބައިނަލްއަޤުވާމީ ބައިވެރިންނަށްވެސް ފޮނުއްވަވާކަމަށެވެ.

މިއަހަރުގެ ޝިއާރަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ފެނުގެ ވަސީލަތްތަކާއި އިންސާނުންނާ އޮންނަ ގުޅުން މިއަހަރުގެ ޝިއާރުން ދައްކުވައިދޭ ކަމަށެވެ. ރާއްޖެއަކީ ތިމާވެށީގެ މިފަދަ ނާޒުކު މައްސަލަތަކުގައި އަބަދުވެސް ބަސްބުނާނެ ޤައުމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ.

ރައީސް ވަނީ މިފަދަ ކަންކަމުގައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

ހައުސިންގ މިނިސްޓްރީ އާއި ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީ ގުޅިގެން އެކި ރަށްރަށުގެ ފެނުގެ ނިޒާމު ޤާއިމުކޮށް ފުރިހަމަކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: