ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހައްގުތަކާއި މެދު ވިސްނައި ދުރުރާތާ ޕްލޭނެއް ގެނައީ ރައީސް މުއިއްޒު އެކަނި: ނަސީރު

އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށް، ތަރައްގީ ގެނައުމަށް އިސްކަން ދެއްވައި ގައުމީ ދުރުރާސްތާ ޕްލޭނަކާއި އެކު މަސައްކަތް ކުރައްވާ ހަމައެކަނި ވެރިއަކީ ރައީ ޑރ. މުހައްމަދު މުއިއްޒުކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ވޭތުވެ ދިޔަ ސަރުކާރުތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރެވިފައި ނެތްކަމަށެވެ. ވެރިކަމަށް އައުމަށް އެކުލަވާލާ މެނިފެސްޓޯގައި ބޮޑެތި ވައުދުތައް ވުމަށް ފަހު އޭގެ ޖެހިގެން އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ހަމަ އެ މޭރުމުން މަސައްކަތް ކުރާތަން ފެންނަކަމަށް ނަސީރު ވިދާޅުވި އެވެ. އެހެން ނަމަވެސް ސިޔާސަތުތަކުގެ ތެރެއިންނާއި، ރައްޔިތުންނަށްވެފައިވާ ބޮޑެތި ވައުދުތަކުން ތަންފީޒު ކުރެވިފައި ވަނީ ކޮން ކަންތަކެއްތޯ ސުވާލު އުފެދޭކަމަށް ވިދާޅުވި އެވެ.

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމަށް ފަހު، އޭގެ ކުރީ ސަރުކާރުން ހިންގާފައި ހުރި މަޝްރޫއުތަކަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވުމަކީ ކަންބޮޑުވުމެއްކަމަށް ނަސީރު ވިދާޅުވި އެވެ. ނަސީރު ވިދާޅުވީ އެފަދަ ޕްރޮޖެކްޓުތަކަކީ އެއީ ރައްޔިތުންނަށް ބޭނުންތެރި، ފައިދާ ކުރުވަނި ޕްރޮޖެކްޓުތައް ނަމަވެސް އެކި ބަހަނާތައް ދައްކައި މަޝްރޫއުތައް މަޑުޖައްސާލާ މަންޒަރު ފެންނަކަމަށެވެ.

ނަސީރު ވިދާޅުވީ ރައްޔިތުންގެ އުންމީދަކީ، މެނިފެސްޓޯގައި ވާގޮތުގެ މަތީން ކަންކަން ތަންފީޒު ވެގެން ދިއުންކަމަށެވެ.

ރައްޔިތުން ކޮންމެ ފަހަރަކު ވެސް މާޔޫސްކަމާއި އަނދިރީގެ ތެރެއަށް ވެއްޓިގެން މި ދަނީ.. މިހެން މި ވާންފެށި ސަބަބަކީ މަލްޓި ޕާޓީ ސިސްޓަމް އުފެދިގެން އައިއިރު ރައްޔިތުން އުންމީދު ކުރި އޭރު ޕޯޑިއަމްތަކުގައި ދެއްކި ވާހަކަތަކާއި އަދި މެނިފެސްޓޯތަކަކީ އެއީ ހުރިހާކަމެއް ފުރިހަމަވެގެންދާނެ މެނިފެސްޓޯތަކެއްކަމަށް… ރަނގަޅަށް ކަންކަން ކުރިޔަށް މި ގެންދެވެނީ އެއް ސަރުކާރުން ކުރާ ކަންތައްތައް ހާއްސަކޮށް އަސާސީ ކަންކަން ދެން އަންނަ ސަރުކާރުން ވެސް ކޮންޓިނިއުކޮށްގެން..

ނަސީރު ވިދާޅުވީ މިގޮތަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ހައްލަކީ ދުރު ރާސްތާ އަދި ކުރު ރާސްތާގެ ޕްލޭން އެކުލަވާލުން ކަމަށެވެ. އަދި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށިގެން ދިއުމަކީ މިފަދަ އެތައް މައްސަލައަކަށް އަންނާނެ ހައްލުކަމުގައި ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ރަށްތަކަށް މިހާރުން މިހާރަށް ބޭނުންވާ ބަދަލުތައް ދެނެގަތުން ކަމަށެވެ. އަދި މި ސަރުކާރުގައި ރައްޔިތުން އެދޭ ހުރިހާ ސިޔާސަތެއް ތަންފީޒުވާތަން ފެންނާނެކަމަށް ނަސީރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: