ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2025 ގައި ހައްޖަށް ދެވޭނެކަމަށް ކިއުގައި ތިބި ހުރިހާ ފަރާތްތަކަށް މި އަހަރު ހައްޖަށް ދެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިނގަމުން މިދާ 2025 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް ކިއުގައި ތިބި ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ހައްޖަށް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ދިވެހި ރާއްޖެއިން ހައްޖަށް ދިއުމަށް ލިބޭ ކޯޓާގެ އަދަދު ދެހާހަށް އިތުރުކޮށް ހައްޖު ކޯޕަރޭޝަނުގައި އޮތް ބެކްލޮގުތައް ސާފު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގައި ހައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތަކާއި ހަވާލުވެ އޮތް ހައްޖު ކޯޕަރޭޝަނުގެ ކިއުގައި ކުރިޔަށް އޮތް ފަސް އަހަރަށް އެކަނި ވެސް 9000 އެއްހާ މީހުން އެބަތިއްބެވެ.

މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަލަށް ހައްޖަށް ދާ މީހުންނަށް މި އަހަރުން ފެށިގެން އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރުން ހިމެނެއެވެ. އަދި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މިއަދު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ގައި ހައްޖަށް ދެވޭނެކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށެވެ.

މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭނޭ ފުރަތަމަ ފަހަރުކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ހައްޖު ކޯޓާ 2000 އަށް އިތުރުކޮށްދެއްވަން ވައުދުވެވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: