ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ކުލަސްޓަރ 1 ގެ ބައެއް ރަށްރަށުގައި ފެށިއްޖެ

ޢީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ކުލަސްޓަރ 1 ގެ ބައެއް ރަށްރަށުގައި ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޢީދު އަލިންް އަތޮޅުތެރެ ދިއްލައިލުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުލަސްޓަރ 1 ގެ ބައެއް ރަށްރަށުގައި ލައިޓްތައް ހަރުކޮށް، ގިޑިގެ ޖެހުމުގެ މަސައްކަތް ފެށިއްޖެ ކަމަށް ކުލަސްޓަރ 1 ގެ އެގްޒެކެޓިވް، ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ވިދަޅުވެއްޖެއެވެ.

މުޙައްމަދު ޙަސަން ވިދާޅުވި ގޮތުގައި އެ ކުލަސްޓަރގައި ހިމެނޭ، ހއ. ދިއްދޫގައި މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ކުޅުދުއްފުށީ ސިޓީގެ މަސައްކަތް މި މަހުގެ 24 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު، ށ. ފުނަދޫ ދިއްލުމުގެ މަސައްކަތް މި މަހުގެ 25 ގައިފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޑެޕިޔުޓީ މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ އުތުރުގެ 3 އަތޮޅުން އަލަށް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ ހއ. އިހަވަންދޫއާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމާއި، ށ. މިލަންދޫއާއި، ށ. ފޯކައިދޫ ދިއްލުމަށް ބޭނުންވާ ސާމާނާއި، ސްޕީކަރުތައް މި މަހުގެ 24 ގައި ފޮނުވޭނެ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ”ޢީދު ލައިޓު“ ކޮމިޓީން މަޢުލޫމާތު ދެއްވިއެވެ.

ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ. ޢީދަށް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި ޢުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ. ޢީދު ދިއްލުން އަތޮޅުތެރޭގައި ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިދިޔަ އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: