ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާދަ އެންޓަޓެއިމަންޓުގެ ސަގާފީ ފެސްޓިވަލް މީީޑިއާ ޕާޓްނަރަކަށް މިފަހަރު ވެސް ސަންގު!

ސާދަ އެންޓަޓެއިމަންޓުގެ ސަގާފީ ފެސްޓިވަލް އީދު ހަރަކާތުގެ މީީޑިއާ ޕާޓްނަރަކަށް ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފިތުރު އީދު ކުލަ ގަދަކޮށް ފާހަގަކުރުމަށް ސާދަ އެންޓަޓެއިންމަންޓުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތުގެ މީޑިއާ ޕާޓްނަރ ގެ ގޮތުގައި ”ސަންގު ޓީވީ“ ގުޅިއްޖެ އެވެ.

މިދިޔަ އަހަރު ވެސް ކުރިޔަށް ގެންދިޔަ ކާމިޔާބު ހަރަކާތްތަކަށް ފަހު، ސާދަ އެންޓަޓެއިންމަންޓުން މި އަހަރުގެ ފިތުރު އީދު ފާހާގަކުރުމަށް ނިންމާފައި ވަނީ ސަގާފީ ފެސްޓިވަލް ނަމުގަ އެވެ. މި ހަރަކާތްތަކުގެ ހުރިހާ މައުލޫމާތަކާއި، މަންޒަރުތައް ބެލުންތެރިންނާއި ހަމައަށް މިފަހަރު ވެސް ގެނެސްދޭނީ ސަންގު ޓީވީ އެވެ.

ޓައިޓަލް ޕާޓްނަރެއްގެ ގޮތުގައި ހޮންޑާ ވެސް ބައިވެރިވެ މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަގާފީ ފެސްޓިވަލްގައި، ކުޑަކުދިންނަށް ހާއްސަ ހަވީރާއި، ބޮޑު މަސް ހިނގުން، އީދު ބާޒާރު އަދި ރޭގަނޑުގެ މިއުޒިކް ސްޓޭޖް ޝޯވ ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިވެންޓުތައް ކުރިޔަށް ދާ ވަގުތުތަކުގައި ސައިޑް އިވެންޓުތަކުގެ ގޮތުގައި ވެސް އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެ އެވެ.

މިދިޔަ އަހަރު ސާދަ އެންޓަޓެއިންމަންޓުން އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން މާލޭގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް އާންމުންގެ ބޮޑު ތާއީދެއް ލިބިގެން ދިޔައެވެ.

May be an image of text that says 'Sagaafee*Fes Festival KIDS EVENING Join us for fun, games and excitement! 31st March to 2nd April O Artificial ArtificialBea Beach'
ސާދަ އެންޓަޓެއިންމަންޓުގެ ސަގާފީ ފެސްޓިވަލްގެ ހަރަކާތްތަކުގެ ޕޯސްޓަރ އެއް

އެގޮތުން ރަސްފަންނު ސަރަހައްދުން މާލިއާއި، ބޮޑު މަސް ބޮޑު ބެރުގެ ހަރަކާތްތަކާއި އެކު ފެށުމަށް ހަމަޖެހިފައިވާއިރު ކުޅިވަރުތައް ނިމޭނީ އާޓިފިޝަލް ބީޗަށެވެ. ސާދަ އެންޓަޓެއިންމަންޓުން ނިންމާފައި ވަނީ މި ހަރަކާތްތައް ދިވެހިންގެ ސަގާފަތާއި އާދަކާދައާއި އެއްގޮތަށް ކުޑަކުދިން ޝައުގުވެރި ކުރުވާ ގޮތަކަށް ކުރިޔަށް ގެންދިއުމަށެވެ.

މީގެއިތުރުން މަޝްހޫރު އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އެކި ބޭންޑުތަކާއި، މިއުޒިކް ގުރޫޕުތަކާއި މަޝްހޫރު ފަންނާނުން ފެނިގެންދާނެ މިއުޒިކް ޝޯވ އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދާނެ އެވެ. ސާދަ އެންޓަޓެއިންމަންޓުން ނިންމާފައި ވަނީ މި ޝޯވ އީދު ތިން ދުވަހު ވެސް ކުރިޔަށް ގެންދިއުމަށެވެ.

May be an image of 2 people and text
ސާދަ އެންޓަޓެއިންމަންޓުގެ ސަގާފީ ފެސްޓިވަލް ސިޓީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިއުމުގެ ޕޯސްޓަރ އެއް

ސާދަ އެންޓަޓެއިންމަންޓުން މިހާރު ވަނީ، ސަގާފީ ފެސްޓިވަލްގެ ހަރަކާތްތައް ކުރިޔަށް ދާ ވަގުތަކުގައި ކުރިޔަށް ގެންދާ އައިލެންޑް ބާޒާރަށް ސްޓޯލް ބުކް ކުރުމަށް ހުޅުވާލާފަ އެވެ. ސްލޮޓެއް ބުކް ކުރުމަށް ގުޅަން ޖެހޭ ނަމްބަރަކީ 9990333 އެވެ.

ސާދަ އެންޓަޓެއިންމެންޓުގެ ފަރާތުން އެދެނީ މިފަހަރުގެ ކުޑަ އީދު ކުދި ބޮޑު އެންމެން އެކުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށެވެ. އެހެންކަމުން ދުވާލާއި ރޭގަނޑުގެ އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވެ އީދުގެ އުފާ އެންމެން އެކުގައި ފާޅުކުރުމަށް ސާދަ އެންޓަޓެއިންމެންޓުގެ ފަރާތުން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: