ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ބާސްކެޓްބޯލް ޗެލެންޖް މުބާރާތް ފޯރިއާއެކު ނިންމާލައިފި

ދިރާގު "ތްރީ އެކްސް ތްރީ" ޗެލެންޖް ބާސްކެޓް މުބާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ”ތްރީ އެކްސް ތްރީ“ ޗެލެންޖް ބާސްކެޓް މުބާރާތް ފޯރިއާއެކު ނިންމާލައިފިއެވެ.

މާރިޗު މަހުގެ 13 އިން 19 އަށް މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯރ ކޯޓުގައެވެ.

ޓައިޓަންސް ބާސްކެޓް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތައް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މި ގޮތުން، މި މުބާރާތުގައި ޖުމްލަ 408 ކުޅުންތެރިން ވަނީ 103 ޓީމަކުން ބައިވެރިވެފައެވެ.

މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މި އުމުރުފުރާތަކަކީ، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މީގެ ސަބަބުން ގިނަ އުމުރުފުރާތަކެއްގެ ކުދިންނަށް އެ ކުދިންގެ ހުނަރުތައް ދައްކާލުމަށް ވަނީ ވާދަވެރި ޕްލެޓްފޯމެއް ލިބިގެންގޮސްފައެވެ.

ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: