ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދުފުޅު ފުއްދަވައި، ތުރާކުނާއި އުތީމުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށްދީފި: ސައީދު

އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ތުރާކުނާއި އުތީމުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، އެ މަސައްކަތް އިފްތިތާޙު ކޮށްދެއްވުމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ރައީސް ޑރ މުޢިއްޒު ހއ.ތުރާކުނާއި އުތީމުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އޭޓީއެމް ވަޢުދު ފުއްދަވައިދެއްވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ، ކުޑަރަށެއް ބޮޑުރަށެއް ބާކީނުވެ، ރައްޔިތުންނާއި ގާތުން ބޭންކުގެ ޚިދުމަތް ލިބުމަކީ ބޮޑު ލުޔެއް ކަމަށެވެ.

ސައީދު ވަނީ މިކަމަށް ރައީސް ދެއްވި އިސްކަމާއި، ބޭންކުގެ މިންނެތް މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2025 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު  އިފްތިތާޙު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން  ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ ޕްރޮޖެކްޓް އިފްތިތާޙް ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މުޅި ރާއްޖެއަށް އޭޓީއެމް ހިދުމަތް ފުޅާކުރުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ބޭންކުން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗ،ް 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ 150 އޭޓީއެމް އަދި އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: