ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން މާފަންނު ސްޓޭޑިއަމްގައި

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން-- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގަމުންދާ 1446 ވަނަ އަހަރު މާލެސިޓީގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

ޢީދު ނަމާދު ކުރަން ފަށާގަޑިއަކީ ހެނދުނު 7.00 އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަހަރު ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ. މީގެ އިތުރުން މާލޭގެ 26 މިސްކިތެއްގައި އީދުނަމާދު ކުރުން ކުރިއަށްދާނެއެވެ.

އޭގެ ތެރޭގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)، މަސްޖިދުލްމަލިކި ސަލްމާން، މަސްޖިދުލްފުރުޤާން، މަސްޖިދުއްނޫރު، މަސްޖިދުއް ޝަޙީދު ޢަލީ، މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)، މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)، މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)، މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)، މަސްޖިދު ޞަލާޙުއްދީން، މަސްޖިދު ޖަލާލުއްދީންގެ އިތުރުންވެސް އިތުރު މިސްކިތްތައް ހިމެނެއެވެ.

ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ޢީދު ނަމާދުގެ ބޮޑުޖަމާޢަތް ކެންސަލްވެއްޖެނަމަ، ޢީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައިކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: