ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ކުރިއެރުވުމުގައި ދެޖިންސުގެ ހިޔާލާއި ފިކުރު މުހިންމު: އަނީސާ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއް ކުރިއެރުވުމުގައި އަންހެނުންނާއި އަދި ފިރިހެނުންގެ ވެސް ހިޔާލާއި، ފިކުރާއި، އަދި ދިރިއުޅުމުގެ ތަޖުރިބާއަކީ މުހިންމު އެއްޗެއްކަމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ސިޔާސާތު” ޕްރޮގްރާމްގައި ވާހަކަދުޅު ދައްކަވަމުން އަނީސާ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ މީހުން އުޅުއްވަނީ އަންހެނުންނާއި ފިރިހެނުން އެއްވަރު ކުރާން ނޫން ކަމަށެވެ. އެ ދެބައި މީހުންނަކީވެސް ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށް އަނީސާ ފާހަގަކުރެއްވިއެވެ. އަންހެނުންނަކީ ގައުމުގެ އެއްބައި ކަމަށާއި ފިރިހެނުންނަކީ ގައުމުގެ އަނެއްބައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ގައުމުގެ ދެބަކުޅައެއްބައި މީހުންގެ ހީޔާލާއި، ފިކުރާ އަދި ދިރިއުޅުމުގެ ތަޖުރިބާ މިކަމަށް ނުނެރެ ގައުމެއް ކުރިއެރުވާނީ ކިހެނެއްތޯ އަނީސާ ވަނީ ސުވާލު އުފައްދާފައެވެ. އަނީސާ ވިދާޅުވީ އަހެންނުނާއި ފިރިހެނުންގެ ވިސްނުމާއި ފިރުކު މުހިންމުވާ ސަބަބަކީ އެއީ ކަމަށާއި ބޭނުންވާ މިސްރާބަށް ގައުމު ގެންދެވޭނީވެސް މިކަންކަން އައިސްގެން ކަމަށެވެ.

އަނީސާ ވިދާޅުވީ ކުރައްވާ މަސައްކަތަކީ އެއްގޮތަކަށްވެސް އަންހެނުންނާއި ފިރިހެނުން ވާދަކުރުވަން އުޅޭ މަސައްކަތެއް ނޫން ކަމަށެވެ. އަދި މުޖުތަމުގެ ތެރޭގައި ހިންހަމަ ނުޖެހުންތައްވެސް އުފެދޭ މައިގަނޑު ސަބަބަކީ މިކަން އެގޮތުގައި މާނަކުރެވޭތީ ކަމަށް އަނީސާ ވިދާޅުވިއެވެ.

”2000 ގެ އަހަރުތަކުން ފެށިގެން ހަގީގަތުގައި އެންމެ ބޮޑަށް އެ މަސައްކަތްތައް ކުރަންފެށުނީ. އެއީ ދެން ބޭރުގައިވެސް. މިއީ ހަމައެކަނި ޔޫއެންގެ ކަމެއް ނޫން ދެއްތޯ. ކޮމަންވެލްތުން ނިންމާފައި އޮންނާނެ 2000 ވަނަ އަހަރު އަންނަ އިރު ކޮންމެ ގައުމެއްގެވެސް ސިޔާސަތު ކަނޑައަޅާ ފެންވަރުގައި، އެއީ ކެބިނެޓު ކަމަށްވިޔަސް ރައްޔިތުންގެ މަޖިލިސް ކަމަށްވިޔަސްވެސް އަދި އެހެން ޑިސިޝަން މޭކިންގ ލެވެލް ވިޔަސް، ވިޔަފާރި އަދި ކޯޕަރޭޓް ސެކްޓަރުގައިވެސް 30 ޕަސެންޓު އަންހެނުން ތިބެންޖެހޭނެކަމަށް. އެހެންކަމުން އެ އަމާޒަށް ވާސިލްވުމަށް ކުރި ކަންތައްތަކުގެ ނަތީޖާގެ ގޮތުން ޕްރޮޖެކްޓެއް ހެދިޔަސްވެސް އަންހެނުން އެކުރާ ކަންތައްތަކުގެ އެޖެންޓުުންގެ ގޮތުގައި ހަމައެކަނި ތިބުމެއް ނޫން. އޭގެން ލިބޭ ފައިދާގެ ގޮތުގައިވެސް އަންހެނުންވާން ޖެހޭ“

މީގެއިތުރުން އަނީސާ ވިދާޅުވީ ނައިރޯބީ ކޮންފަރެންސްގެ ފަހުން ސިޔާސީ ކަންކަމުގައާއި، ދައުލަތް ހިންގުމުގައި އަންހެނުންގެ ދައުރުފުޅާ ކުރުމާއި ގައުމުގެ ތަރައްގީގެ ކަންކަމުގައި އަންހެނުން ބަސްބުނެ، އަމަލީ ގޮތުން އަންހެނުން އޭގެތެރެއަށް ނެރެ މަސައްކަތް ކުރުމަށް އިސްކަންދީގެން މަސައްކަތްތަކެއް ފެށުނު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: