ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހ.އ އަތޮޅުގައި ޓޫރިޒަމް ކުރިއަރުވަން ފަހި ފުރުސަތެއް އޮތް ކަމަށް ދެކެން: ބީއެމްއެލް ސީއީއޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ހ.އ އަތޮޅުގައި ޓޫރިޒަމް ކުރިއަރުވުމަށް ފަހި ފުރުސަތެއް އޮތް ކަމަށް ދެކިގެން، އެ އަތޮޅުގެ ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގެސްޓްހައުސް ފައިނޭންސިންގ ތަޢާރަފުކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ހ.އ އަތޮޅުގައި ބީއެމްއެލްގެ ގެސްޓްހައުސް ފައިނޭންސިންގ ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ، މި ފައިނޭންސިންގގެ ޚިދުމަތަކީ ދާދި ފަހުން ގެނެވުނު ހެޔޮ ބަދަލުތަކާއެކު ތަޢާރަފުކުރެވުނު ޚިދުމަތެއް ކަމަށެވެ. އަދި މި ފައިނޭންސިންގގެ ދަށުން ގެސްޓްހައުސް ވިޔަފާރި އަލަށް ފަށަން ބޭނުންވާ ނުވަތަ ފުޅާކުރަން ބޭނުންވާ ފަރާތްތަކަށްވެސް އިތުރު ސެކިއުރިޓީއެއް ނުލައި އެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

”ކުރިން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އިމާރާތެއް، އެއީ ގެދޮރު އިމާރާތްކުރިކަމުގައިވީނަމަވެސް އަދި ގެސްޓްހައުސް އަޅަން ޖެހުނުކަމުގައިވީނަމަވެސް ބޭންކުން އިތުރު ކޮލެޓަރަލް، އިތުރު ސެކިއުރިޓީއެއް، ރަށްރަށުގައި ހުންނަ އިމާރާތްތަކުގެ އަގު އެވަރަށް ވެލިއު ނުކުރެވޭތީވެ، އެހެންނަމަވެސް މިހާރު މި ގެނެވުނު ބަދަލާއި އެކު ގެސްޓް ހައުސް އަޅަން ދޫކުރާ އިތުރު އެއްވެސް ސެކިއުރިޓީއަކާ ނުލާ، އެ ގެސްޓުހައުސް މޯގޭޖްކޮށްގެން، ބޭނުންވާވަރަށް ފައިސާ ލިބޭނެ،“ ޝަރީފު ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފު ވިދާޅުވީ، ސަރުކާރުގެ ޚާއްޞަ އިސްކަމެއްދީގެން ބޭންކިންގގެ ޚިދުމަތް ދިވެހިރައްޔިތުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ ގޮތުން އޭޓީއެމް ތަޢާރަފުކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު ނިމުމުގެ ކުރިން 250 އޭޓީއެމް ހުޅުވިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ހ.އ އަތޮޅުގައި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް މީގެ ކުރިން ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ގެނައުމުގެ ގޮތުން ތަޢާރަފުކުރެވުނު މި އައު ފައިނޭންސިންގ ސްކީމަކީ އެ އަތޮޅުގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ލިބިގެންދިޔا މުހިންމު ފުރުސަތެއް ކަމުގައި ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: