ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު މިއަދު 1:00 ގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ރައްޔިތުންނާ އެކު“ މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ޕޮޑްކާސްޓަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ ޕޮޑްކާސްޓެކެވެ.

މި ޕޮޑްކާސްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ”ރައްޔިތުންނާ އެކު“ މި ނަމުގައެވެ. ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1 ޖަހާއިރު ކުރިއަށްދާނެއެވެ.

މައުލޫމާތު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ވަނީ ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ”އަހާ“ ގެ ނަމުގައި ބާއްވާ އާން މުފޯރަމްތަކުގެ ސިލްސިލާ ފޯރަމްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ރައީސާ ސުވާލު ކުރެވޭގޮތަށް ސިލްސިލާކޮށް ސުވާލާއި ޖަވާބު އެޕިސޯޑުތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: