ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ދުންފަތާ ދުރުކުރުމަށް ”ޖެނެރޭޝަން ބޭން“ ގެ ފިޔަވަޅުތަކެއް އަޅަން ނިންމައިފި

"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުމަށް، ޚާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ”ޖެނެރޭޝަން ބޭން“ ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ”ރައްޔިތުންނާއި އެކު“ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”އަޅުގަނޑުމެންގެ މަޤްސަދަކީ އަލަށް މިކަމުގެ ތެރެއަށް ވަންނަ ކުދިން އެކުދިންގެ މުޅި ހަޔާތް ދުންފަތުން ދުރުކޮށް ސަލާމަތްކުރުން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ޖެނެރޭޝަން ބޭންއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑެތި މީހުންނަށް ވުރެ، އަލަށް މިކަމަށް ހުށަހެޅޭ ޒުވާނުންނަށް އަމާޒުކޮށް މި ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. މިއީ ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ތަންފީޒުކުރަމުންދާ ބާވަތުގެ ފިޔަވަޅުތަކެކެވެ.

ސަރުކާރުގެ މި އިސްނެގުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދިވެހި މުޖުތަމައުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މުސްތަޤުބަލުގައި މަދުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ކޮންމެ އަހަރަކު ދުނިޔޭގައި ގިނަ އަދަދެއްގެ މީހުން ނިޔާވަމުންދާއިރު، މި ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް އެޅޭ އެންމެ ފުރިހަމަ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމުގައި ސިއްހީ ދާއިރާގެ މާހިރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: