ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް އައިއިރު 385 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވޭ: ރައީސް

ރައީސް ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް އައިއިރު 385 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ގެނެސްދިން ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު 385 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވާ ކަމަށެވެ. ސަރުކާރު ޙަވާލުވީއިރުވެސް 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި ބެކްލޮގްގައި އޮތްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން ޙަވާލުވިއިރު ނުދީއޮތް 250 މިލިއަން ރުފިޔާ، އެވެސް ދީފައި 10 ޑިސެމްބަރާ ހަމައަށް އެ ދިޔަ ދުވަސްތަކުގައި އެކި ފަހަރުމަތިން މަސްވެރިންނަށް ފައިސާދީ މި ކިޔާ ބެކްލޮގް ސާފުކުރިން، ދެން 10 ޑިސެމްބަރުން ފެށިގެން ދުވަހުން ދުވަހަށް މިދަނީ ފައިސާ ދޫކުރަމުން

މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މަސްވެރިންނަށްވެސް ކަންކަން ފަހިވާ ގޮތަށް މަސައްކަތްތައް ކުރުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ. ކުރިއަށްވެސް ގިނަ މަސައްކަތްތައް ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިކަމަކީ ޖީޑީޕީގެ ނިސްބަތުން ރަނގަޅު އާމްދަނީއެއް ނެރެވޭނެ، އަދި ރައްޔިތުންނަށްވެސް މަންފާ ކުރާނެ މަސައްކަތަކަށް ހެދުމަށް އިތުރަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: