ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ދަންނަވައިފި

ޙާފިޡުންގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި އެންމެހައި ފުލުހުންނަށާއި، އެފަރާތްތަކުގެ ޢާއިލާތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ދެންނެވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ޤައުމީ ޚިދުމަތުގައި، ރެޔާދުވާލު، ދިވެހި ފުލުހުން ޒިންމާދާރުކަމާއިއެކު ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ދިވެހި އެންމެހައި ފުލުހުންނަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ދަންނަވާފައިވެއެވެ.

މި ސަރުކާރުން ދަނީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިދައުރުގެ މިވީ ދުވަސްކޮޅުތެރޭގައި މިހާތަނަށް ގާތްގަނޑަކަށް 28 ޕޮލިސް ޕޯސްޓް ވަނީ ހުޅުވާފައެވެ. އަދި މި ހިނގާ މާރިޗު މަހުގެ 27 ވަނަ ދުވަހުވެސް ވަނީ ފުލުހުންގެ މަރުކަޒު ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.

މީގެ އިތުރުން، މިހާރު ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން އެމް.ޓީ.ސީ.ސީން 21 ރަށެއްގައި، އާރު.ޑީ.ސީ.އިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރެވިގެންދާނެކަމަށް ސަރުކާރުން ފާހަގަ ކުރެއެވެ.

ހަމައެއާއެކު، ދިވެހި ފުލުހުންގެ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން، އެ އިދާރާއަށް ބޭނުންވާ ފަންނީ އަދި ތަޢުލީމީ އަދި ވަޞީލަތްތައް އިތުރުކުރުމުގެ ގިނަ މަސައްކަތްތައް މިހާތަނަށް ކުރައްވާފައިވެއެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: