ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާ ތަނަށް އެސްޑީއެފް ފަންޑަށް 283.6 މިލިއަން ރުފިޔާ ޖަމާކޮށްފި

ވީއައިއޭ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މިހާ ތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) 283.6 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

މިކަން ހާމަވީ ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންނެވެ. މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ފަންޑަށް 283.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ.

މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، މިއީ 31.4 ޕަސެންޓް އިތުރު މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފަންޑަށް ޖަމާކުރީ 215.7 މިލިއަން ރުފިޔާއެވެ.

ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 9.4 ބިލިއަން ރުފިޔާގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ލޯނުތައް ދެއްކުމަށް އެކަނިވެސް މި އަހަރު ވަނީ 2.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 833.3 މިލިއަން ރުފިޔާއެވެ.

މި ފަންޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދަރަނި ދެއްކޭނެ ކަމުގެ އިތުބާރު ދަމަހައްޓަން އުފައްދާފައިވާ ފަންޑެކެވެ.

މި ފަންޑުގައިވާ ފައިސާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، އެސްޑީއެފް ފަންޑުގައި ހުރީ އެންމެ ތިން މިލިއަން ރުފިޔާކަމަށެވެ. މި ސަރުކާރުން މި ފަންޑަށް 70 އެތައް މިލިއަން ޑޮލަރު ޖަމާކުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ފަންޑުގައި ހުރި ފައިސާ ބޭނުންކުރީ ރާއްޖެ ބަނގުރޫޓުވާ ހާލަތަށް ދިއުމުންކަމަށް ސައީދު ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އެސްޑީއެފްއަށް ޖަމާކުރި ޑޮލަރުގެ ތެރެއިން ބައެއް ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ދެން އޭގެން ބޭނުން އެކި ފަހަރު، އެކި ޕޭމަންޓްސްތައް ހެދުމަށް ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ޕޭމަންޓްސް ހަދާ، އަނެއްކާ އެ ރިކަވާ، ރިޕްލޭސް ކުރަނީ. އެހެންވީމަ އަޅުގަނޑުމެންގެ އަމާޒަކީ 78 މިލިއަނުން 100 މިލިއަން ޑޮލަރަށް، އަދި ގޮސް މި އަންނަ އަހަރު ނިމެންވާއިރަށް 150 މިލިއަން ޑޮލަރާ ހަމައަށް ވެސް ގެންދިޔުން.

ރައީސް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި، ރައްޔިތުންނަށް ދައްކަން ޖެހޭ ބައެއް ފައިސާ ދެއްކުމަށް އެސްޑީއެފް ފަންޑޫގައި ހުރި ފައިސާ ބޭނުންކޮށްފައިވާކަމަށެވެ.

ސައީދު ވިދާޅުވީ މި ފައިސާގައި ސަރުކާރުން އަތްލީ އަނބުރާ ދައްކާ ގޮތަށް ގާނޫނީ ޒިންމާގެ ތެރެއިން ކަމަށެވެ. މި ސަރުކާރުން އެސްޑީއެފް އަށް އާ ގާނޫނެއް އެކުލަވާލަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ ދެން ނުދަރާނެކަން ރައީސް މުއިއްޒު ވަނީ ޔަގީންކުރައްވާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: