ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ ދާންދޫ ސަންލައިޓްވިލާ އަޙްމަދު ރިޝްމާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭ ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް އެހެން ސައިކަލެއްގައި ދިޔަ ދެމީހަކު ކަޅުތެޔޮ ޖެހި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހާގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ ދާންދޫ ސަންލައިޓްވިލާ އަޙްމަދު ރިޝްމާހުއެވެ. އޭނާގެ އުމުރަކީ 20 އަހަރެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މާރޗު މަހުގެ 27 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: