ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤުރުއާން ހިތުދަސް ކުރުމުގެ މަޝްރޫއުތައް ފުޅާ ކުރަނީ!

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އިރުޝާދުގެ ދަށުން މިނިސްޓްރީން ކުރަމުން ގެންދާ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ޝަހީމް ވިދާޅުވީ، ކުރިއަށް އޮތް ޖީލަށް އިސްލާމީ ހަޟާރަތާއި އިސްލާމީ އަޤީދާ ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިސްލާމީ މަރުކަޒެއް ގާއިމްކޮށްފައިވާ ކޮންމެ ރަށެއްގައި ވެސް ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތައް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އިސްލާމީ މަރުކަޒު ގާއިމްކޮށްފައި ނުވާ ރަށްރަށުގައި ވެސް މިސްކިތްތަކުގައި މި މަޝްރޫއު ކުރިއަށްގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތައް ފިޔަވައި އަމިއްލަ ފަރާތްތަކުން ހިންގާ ޤުރުއާން ކްލާސްތަކުގައިވެސް ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް މިނިސްޓްރީން ހުރިހާ ގޮތަކުން އެހީތެެރިކަން ފޯރުކޮށްދެއްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ވަސީލަތްތަކާއި މާލީ އަދި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް ވިދާޅުވި އެވެ.

މިއީ މި ގައުމަށް ބޭނުން ޖެހިފައިވާކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އިސްތިރާޖީ ވަރުގަދަ ޕްލޭންތަކެއްގެ ތެރެއިން މިކަންކަން ކުރިއަށްގެންދެވޭނެކަމަށެވެ. އަދި ސަރުކާރުން ކުރައްވާ މި މަސައްކަތްތަކަށް ރައްޔިތުންގެ ބައިވެރިވުން ބޭނުންވާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: