ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު އީދު ހަދިޔާ: 5 މީހަކަށް އެއް އަހަރު ދުވަހަށް ހިލޭ 12 ޖީބީ ޑޭޓާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ފިތުރު އީދުގެ މުނާސަބަތާއި ދިމާކޮށް ދިރާގުން ހާއްސަ އޮފަރ އެއް ތައާރަފުކޮށްފި އެވެ.

މި އޮފަރ ގެ ދަށުން، ދިރާގު ކަސްޓަމަރުންނަށް އީދު ހަދިޔާގެ ގޮތުގައި އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން 5 މީހަކަށް 12 މަސް ދުވަހުގެ މުއްދަތައް 1ޖީބީ ޑޭޓާ ކޮންމެ މަހަކު ހިލޭ ލިބޭގޮތަށް ފޮނުވާލެވޭނެއެވެ. މިއީ ދިރާގު ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭ އޮފަރއެކެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިގޮތުގައި، މި އޮފަރ މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންގެ އާއިލާއާއި ރަހުމަތްތެރިންގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ އެވެ. އަދި އީދުގެ އުފަލުގައި އެންމެން ބައިވެރިކުރުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއްކަމަށް ފާހަގަކުރި އެވެ.

ދިރާގުން ބުނީ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ދިރާގުން އަބަދުވެސް ސަމާލުކަން ދޭކަމަށެވެ.

ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 30 މާރިޗު އިން 7 އޭޕްރީލް 2025 ގެ ނިޔަލަށް މި އޮފަރ ގެ ދަށުން ދިރާގުއެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނެއެވެ. އަދި، ކޮންމެ މަހަކު ލިބޭ 1 ޖީބީ ޑޭޓާ 5 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: