މާދަމާއަކީ މި އަހަރުގެ ފިތުރު ޢީދު ދުވަސްކަމަށް ކަނޑައަޅައިފި އެވެ.
މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސްކަމަށް ކަނޑައަޅައި އިއުލާނު ކުރީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު، އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެގޮތުން މިރޭ އޮތް ބައްދަލުވުމުގައި އިއުލާނު ކުރީ ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ނަމަވެސް އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ސާބިތުވެފައިވާކަމުގެ ހަބަރު ރަސްމީކޮށް ލިބިފައިވާ ކަމަށެވެ.

