ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ފަދަ އިސްލާމީ މުނާސަބަތުތަކާއެކު ދީނަށް އޮތް ލޯބި އިތުރުކުރެވޭނެ: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އީދު ފަދަ އިސްލާމީ މުނާސަބަތުތަކާއެކު ދީނަށް އޮތް ލޯބި އިތުރު ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ދެކިވަޑައިގަންނަވާކަމަށް ސަރުކާރުން ބުނެފިއެވެ.

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރި ”ޢީދު ހަވީރު 1446“ ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން ބައިވެރިވެވަޑައިގެންފައިވާއިރު، އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ޚާއްޞަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

އީދު ދުވަހުގެ ހަވީރު، ޢާންމުންނަށް ހުޅުވާލައިގެން، ސަލްޓަންޕާކާއި، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ސަރަޙައްދަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިޤުބާލުގައި ވަނީ ސަންގު ފުމެފައެވެ. އެއަށްފަހު އެމަނިކުފާނާއި ޢާއިލާއިން ވަނީ، އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކުރައްވާފައިވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ.

އެއަށްފަހު ޢިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، ޢީދު ހަވީރަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި، އެ ހަވީރަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއެކު އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: