އީދުހަވީރުގައި އެމްޓީސީސީންވެސް ގިނަ ޙަރަކާތްތަކެއް ކުރިއަށްދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، އީދު ހަވީރު 1446 ގެ ވަގުތުތައް އިތުރު ކުރުމަށް ނިންމާފައިވާއިރު، އެމްޓީސީސީގެ ޙަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށެވެ.
އެމްޓީސީސީގެ ޙަރަކާތްތައް މާރޗު މަހުގެ 31 ވަނަ ދުވަހާއި ޖެހިގެން އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުވެސް ފެނިގެންދާނެކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެގޮތުން އެ ދުވަސްތަކުގެ ހަވީރު 4 އާއި 6 އާ ދެމެދު އެމްޓީސީސީގެ އެކި ޙަރަކާތްތައް ފެނިގެންދާނެކަންވެސް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އެމްޓީސީސީގެ ޙަރަކާތްތަކުގެ ތަފްސީލު ވެސް އެ ކުންފުނިން ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ވޯޓަރ ސްލައިޑް، ބޮޑުމަސް، ދޯނި ދުއްވުން އަދި އިތުރު އެކި ޙަރަކާތްތައް ހިމެނެއެވެ.
ފިތުރު އީދު ފާހަގަކުރުމަށް އިއްޔެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވަނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ.
މިއީ އެމްއެންޑީއެފުން އިސްވެ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ފުލުހުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުންވެސް ބައިވެރިވިއެވެ.

