ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އިމިގްރޭޝަނުންގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އިއުލާންކޮށްފި

އިމިގްރޭޝަންގެ މުވައްޒަފުން ހިދުމަތް ދެނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު އިމިގްރޭޝަނުގެ ހިދުމަތްތައް ދޭ ވަގުތު އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ޕާސްޕޯޓަށް އެދި ހުށަހެޅުމަށްޓަކައި އިމިގްރޭޝަނުން އިމުގާ ޕޯޓަލް މެދުވެރިކޮށް މާލެ ސަރަހައްދުގެ މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގެ އިތުރުން ވިލިމާލޭގައި ވެސް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.

ހަމައެއާއިއެކު، އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓަށް އެދުމަށް އޮންލައިންކޮށް ހުށަހެޅުމަށް ހަމަޖެހިފައިވާ ވަގުތަކީ ހެނދުނު 9:00 ފެށިގެން މެންދުރު 12:00 އާއި ދެމެދުކަމަށް މައުލޫމާތު ދިނެވެ. މި ހިދުމަތްތައް އިމިގްރޭޝަނަށް ހާޒިރުވުމުން ފޯރުކޮށްދޭނީ ހާއްސަ ހާލަތްމެދުވެރިވާ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ ފަރާތްތަކަށެވެ.

ޕާސްޕޯޓް ހަވާލުކުރުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ވަގުތަކީ ހެނދުނު 9:15 އިން މެންދުރު 12:00 އަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށެވެ.

މީގެއިތުރުން، ޝައްވާލު މަހުގެ 7 ދުވަހުގެ ތެރޭގައި ޕާސްޕޯޓު ހިދުމަތްތަކާއި ގުޅިގެން އިމާޖެންސީ ހާލަތެއް ކުރިމަތިވެއްޖެ ހާލަތެއްގައި 9555333 އަށް ގުޅުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.

އިމިގްރޭޝަނުގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ހިދުމަތްތައް ދިނުމަށް ކަނޑައަޅައިފައި ވަނީ، މި ހަފްތާގެ ހުކުރު ދުވަސް ފިޔަވާ އެހެނިހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 13:00 ހަމަޔަށެވެ.

ސީޕޯޓްގެ ހިދުމަތް މި ހަފްތާގައި ދިނުމަށް ހަމަޖެހިފައި ވަނީ، ހުކުރު ދުވަސް ފިޔަވާ އެހެނިހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 17:00 އަށެވެ. އަދި ރޭގަނޑު 9:30 އިން 12:00 އަށް ސީޕޯޓްގެ ހިދުމަތްތައް ދޭން ވަނީ ހަމަޖެހިފައެވެ. މިގޮތުން، ހުކުރު ދުވަހު ސީޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު 14:30 އިން 17:00 އަށެވެ. އަދި އެދުވަހުގެ ރޭގަނޑަށް ހަމަޖެހިފައިވާ ވަގުތަކީ 9:30 އިން 12:00 ޖެހުމާއި ހަމަށް ކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: