ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގެ ކިޔެވުން ކުރުކުރަން ޖެހޭ: ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަމާއަތުގައި އުޒުވެރިން ތިބޭނެކަން ވިސްނަން ޖެހޭކަމަށާއި ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގެ ކިޔެވުން ކުރުކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިސްކިތްތަކުގެ އިމާމުން ފިގުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފިގުހުވެރިވުމަކީ ޝަރުއުގެ ހުކުމްތައް އެ ވަގުތެއްގެ ހާލަތުގައިކަން އޮތް ގޮތުގެ މައްޗަށް ފައްތައިގެން އަމަލުކުރުމަށް ދަނެގަތުން ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

މިސާލެއްގެ ގޮތުން މިނިސްޓަރ ވިދާޅުވީ ހަތެއް ޖަހާއިރު އީދު ނަމާދު ފަށާއިރު ހަތެއް ޖަހާއިރު ތެދު ހަށަން ބަނުމުގެ ބަދަލުގައި ޖަމާއަތުގެ ސަފުތައް ތަރުތީބުކުރެވޭހާ ވަގުތު އޮއްވައި ތެދުވެ ސަފުތައް ތަރުތީބުކުރުމަށް ޖާގަ ދިނުމެވެ.

ޝަހީމް ވިދާޅުވީ ފަރުޟު ނަމާދު ކުރާ ނަމަ ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރުމާއި، ޖަމާޢަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުދިން ރޯއަޑު އިވިއްޖެ ނަމަ ނަމާދު އަވަސް ކުރުމާއި، މިސްކިތް ކައިރީގައި އެހެނިހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގޭގޭ ހުރި ނަމަ ތާޅަ ފިއްޔަށް ނަމާދު ކުރާ އަޑު ނުޖެއްސުމާއި އެއީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް އުނދަގޫވެދާނެތީއާއި ކައިރި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލިމީހުންނާއި ނިދާފައި ތިބޭ ކުޑަކުދިންނަށް ދަތިވެދާނެތީ ކަމަށެވެ. އެއްބަޔަކު އަނެއްބަޔަކަށް ޤުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމަކަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މި ޙާލަތުގައި ވެސް ބަންގި ގޮވާއިރު ތާޅަ ފިއްޔަށް އަޑު ދޭން ޖެހޭ ކަމަށާއި އެެއީ ނަމާދު ވަގުތު ވަދެއްޖެކަން ގިނަ ބަޔަކަށް އިޢުލާން ކުރުމަށް ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރަށް ދަމު ނަމާދުގައްޔާއި ޖަމާޢަތުގައި ނަމާދުކުރާއިރު ރުކޫޢާއި ސުޖޫދު ކުރުމުގައި އެހާގިނަ އިރު އެގޮތައް ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ޖަމާޢަތުގައި ތިބޭނެ ކަމަށް ވިސްނުމާއި ގަދަ އަތްވާއި ނުވަތަ ވިއްސާރަ ވެހޭ ވަގުތު ޖަމާޢަތް ކުރުކުރުމާއި، ޢާއްމު ޙާލަތުގައި ހިތްހަމަޖެހޭ މިނެއްގައި އެންމެނަށް ވެސް ފަސޭހަވާނެ ގޮތަށް މެދުމިންކަމާއެކު ނަމާދުގެ ޖަމާޢަތް ގެންދިއުމާއި ނަމާދުގައި ޚުޝޫޢަތްތެރިވެ ނަމާދުކުރުމާއި މި ހުރިހައި ކަމަކީ ވެސް ފިޤުހުވެރިވުމުގެ ތެރެއިންވާ ކަންކަން ކަމަށް ޝަހީމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: