ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހުގެ ފަހު ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު އިތުރު: ސްޓެލްކޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަމަހުގެ ފަހު ދުވަހު މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ރޯދަމަހުގެ ފަހު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތުގައި 103،801 ކިލޯވޯޓުގެ ކަރަންޓު ވަނީ ބޭނުންކޮށްފައެވެ. އެއީ، އޭގެ ކުރީ ހުކުރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތަށްވުރެ އިތުރު އަދަދެކެވެ. އެ ދުވަހު އެންމެ ގިނައިން ބޭނުންކުރި ވަގުތު ބޭނުންކުރީ 98،778 ކިލޯވޯޓުގެ ކަރަންޓެވެ.

ސްޓެލްކޯގެ ތަފާސްހިސާބު:

  • 14:00 – 101،818 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 15:00 – 103،653 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 16:00 – 103،801 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި 
  • 18:00 – 101،999 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 21:00 – 101،008 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 22:00 – 102،617 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި
  • 23:00 – 102،385 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި

މިމަހުގެ 29 ވަނަ ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލާއިރު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ 3 އަކާއި 4 އަކާއި ދެމެދުއެވެ.

ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުން ވެސް ރޯދަމަހު 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: