ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަންދޫ ފަޅު ތެރޭގައި އޮތް ލޯންޗެއް ރޯވެ އަޑިއަށް ހިނގައްޖެ

ރޯވެފައިވާ ލޯންޗު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ހިމަންދޫ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ އަޑިއަށް ހިނގައްޖެ އެވެ.

މިއަދުގެ ފަތިހުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި ރޯވެފައި ވަނީ ”ކައެލް ވިންގް“ ނަމަކަށް ކިޔާ ލޯންޗެއްގަ އެވެ. އަދި އެ ލޯންޗު ދަތުރު ކުރަނީ އަތޮޅު ފެރީއެއްގެ ގޮތުގައި ފެރިދޫ/މާޅޮސް/ހިމަންދޫ އާއި މާލެ ދެމެދު އެވެ.

އެނގިފައިވާ ގޮތުން ލޯންޗުގައި ރޯވެފައި ވަނީ މާލެ އައުމަށް ދަތުރަށް ތައްޔާރުވެފައި ވަނިކޮށެވެ.

ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ގޮތުގައި، ލޯންޗުގައި ރޯވިތާ މާ ގިނަ އިރުތަކެއް ނުވެ މުޅި އުޅަނދުގައި އެއްކޮށް ހުޅުރޯވި އެވެ. އަދި ލޯންޗު ވަނީ ރަށު ފަޅު ތެރޭ އަޑިއަށް ގޮސްފަ އެވެ.

މި ހާދިސާ ހިނގައި ދިޔަ ގޮތުގެ މައުލޫމާތެއް އަދި ފުލުހުންނާއި އެމްއެންޑީއެފްގެ ފަރާތުން ހިއްސާކޮށްފައި ނުވެ އެވެ.

މިއީ މި ހަފްތާގައި ކަނޑު އުޅަނދެއްގައި ރޯވެ އެއްކޮށް އަނދައިގެން ދިޔަ ދެވަނަ ހާދިސާކަމުން ޖިނާއީ އެއްވެސް ކަންތަކެއް ފާހަގަކުރެވި ތަހުގީގެއް ކުރިޔަށަށް ދޭތޯ ނޫސްވެރިން ވަނީ ފުލުހުންނާއި ސުވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: